twitterviber whatsapp telegramfacebookyoutube instagram
8th May 2024

ށ. އަތޮޅު ކައުންސިލްގެ “ވިޔަވަތި” އިނާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

Aug 31, 2016

ށ. އަތޮޅު ކައުންސިލްގެ “ވިޔަވަތި” އިނާމަށް ނަން ހުށަހެޅުމުގެ ހުޅުވާލައިފި އެވެ.

ށ.އަތޮޅު ކައުންސިލްގެ ވެބް ށ.އަތޮޅު ކައުންސިލްގެ ވެބް ސައިޓްގައި ބުނެފައިވަނީ “ވިޔަވަތި އިނާމު ދިނުމުގެ ސިޔާސަތު 2016” ގެ ދަށުން އިނާމަށް ޝަރުތު ފުރިހަމަ ވާ ށ. އަތޮޅު ސްކޫލުތަކުން ކިޔެވި ދަރިވަރުންނަށާއި ށ.އަތޮޅުސްކޫލުތަކުގައި ކިޔަވައިދެއްވި އެދުރުންނަށާއި ސިއްހީ ދާއިރާއާއި އިޖުތިމާއީ ދާއިރާތަކުގައި ހިދުމަތްކުރައްވަމުން ގެންދަވާ ފަރާތްތަކަށާއި ޤައުމީ އަދި ބައިނަލް އަގްވާމީ ފެންވަރުގައި ފާހަގަކުރެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށް މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާފައިވާ ކަމަށެވެ.

މި އިނާމަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 2016 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް އެ އިދާރާއަށް ނަން ހުށަހަޅުމަށް އެފަރާތު އެދެ އެވެ.

މީގެ އިތުރުން ށ.އަތޮޅުގެ ސްކޫލުތަކުން ކިޔެވި ދަރިވަރުންނާއި، ސްކޫލުތަކުގައި ކިޔަވައިދެއްވި މުދައްރިސުންގެ އެޕްލިކޭޝަން ފޯމުތައް ހުށަހެޅޭނީ އެ ދަރިވަރަކު ނުވަތަ މުދައްރިސަކު އުޅުނު ސްކޫލެއް މެދުވެރިކޮށް ކަމަށާއި އެނޫން ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު އެބޭފުޅަކު މަސައްކަތްކުރައްވާ އިދާރާއެއް ނުވަތަ ރަށު ކައުންސިލްތައް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާފައިވާކަމަށެވެ.

ށ.އަތޮޅުކައުންސިލްގެ ވިޔަވަތި އިނާމު ދިނުމުގެ ސިޔާސަތުގެ 2016 ގެ ދަށުން މައިގަނޑު 3 ދާއިރާއަކުން އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ  ތައުލީމީ ދާއިރާއިން ދަރިވަރުންނަށް ދެވޭ ހިތްވަރު ދިނުމުގެ އިނާމުގެ ތެރޭގައި “އަތޮޅުގެ ހިއްމަތްތެރި ދަރިވަރު”ގެ އިނާމާއި އަތޮޅުގެ ތޫނުފިލި ދަރިވަރުގެ އިނާމާއި އަތޮޅުގެ ޝަރަފުވެރި ދަރިވަރުގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އަތޮޅުގެ ތޫނުފިލި ދަރިވަރުގެ އިނާމާއި އަތޮޅުގެ ޝަރަފްވެރި ދަރިވަރުގެ އިނާމު ޖީސީއީ އޯޑިނަރީ ލެވެލް އާއި އެޑްވާސް ލެވެލްއިން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

” ހިންގުމުގެ ދާއިރާއިން މުއައްސަސާތަކަށް ދެވޭ ހިތްވަރުދިނުމުގެ އިނާމު”ގެ ތެރޭގައި އަތޮޅުގެ އެންމެ ހިންގުންތެރި ކައުންސިލްތަކަށް ދެވޭ އިނާމާއި އަތޮޅުގެ އުއްމީދީ ސްކޫލަށް ދެވޭ އިނާމާއި އުޖާލާ ސްކޫލަށް ދެވޭ އިނާމު ހިމެނޭއިރު އަތޮޅުގެ އެންމެ ހިންގުންތެރި ކައުންސިލްތަކަށް ދެވޭ އިނާމު އެއްވަނަ، ދެވަނަ، ތިންވަނަ އަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

“ހިދުމަތުގެ ދާއިރާއިން އަގުވަޒަން ކުރުމުގެ އިނާމުގެ ތެރޭގައި އަތޮޅުގެ ކާމިޔާބު އެދުރު، އަތޮޅުގެ ހިދުމަތްތެރި އެދުރު، އަތޮޅުގެ ހީވާގި އެދުރު، ދާއިރާގެ ހިދުމަތްތެރި ނަރުސް، ދާއިރާގެ ހިދުމަތްތެރި ހެލްތުވޯކަރުގެ އިނާމާއި، ދާއިރާގެ ދަރުމަވެރިޔާގެ އިނާމާއި، އަތޮޅުގެ ޝަރަފުވެރި އިނާމު ހިމެނޭކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

ށ.އަތޮޅު ވިޔަވަތި އިނާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ށ.އަތޮޅުކައުންސިލުންނާއި، ށ.އަތޮޅުގެ ސްކޫލުތަކުންނާއި، ރަށުކައުންސިލް އިދާރާތަކުންނާއި، ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކުން ލިބެން ހުންނާނެ ކަމަށާއި، އަދި އެޕްލިކޭޝަން ފޯމުތަކާއި، ށ.އަތޮޅުކައުންސިލްގެ ވިޔަވަތި އިނާމު ދިނުމުގެ ސިޔާސަތު ށ.އަތޮޅުކައުންސިލްގެ ވެބްސައިޓުގައި އާއްމު ކުރެވިފައިވާކަމަށް އެ އިދާރާއިން މައުލޫމާތު ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355