twitterviber whatsapp telegramfacebookyoutube instagram
14th August 2026

ބަބުލީ ސުޕާރީން ދުންފަތުގެ އަސަރު ހުރިކަން ފާހަގަކުރެވިގެން ސަމާލުވުމަށް އިލްތިމާސްކޮށްފި

Aug 31, 2016

ރާއްޖެއަށް އެތެރެކުރާ ބަބުލީ ބުރޭޑްތަކުގެ ސުޕާރީގައި ދުންފަން އެކުލެވޭކަން ފާހަގަކުރެވުމުން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިލާސްކޮށްފި އެވެ.

އެތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭއަށް އެތެރެކުރާ ތަފާތު ބުރޭޑްތަކުގެ ސުޕާރީގައި ދުންފަތް އެކުލެވޭތޯ ބެލުމަށް އެއޮތޯރިޓީން ކުރި ތަހްލީލުތަކެއްގައި ބަބުލީ ސުޕާރީ ބުރޭންޑްގެ ސުޕާރީ ދުންފަތުގެ އަސަރުކުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅިގެން ބަބުލީ ސުޕާރީގެ އިތުރު ބެޗްތައް ތަހްލީލުކުރަމުންދާކަމަށް އެ ނޫސް ބަޔާނުގެ ބުނެފައިވެ އެވެ.

ބަބްލީ ސުޕާރީގައި ދުންފަތް އެކުލެވޭ ކަމަށް ނަތީޖާއިން ދައްކާތީ އެއީ ކުޑަކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ އެއްޗެއް ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ސުޕާރީއަކީ ދުންފަތް އެކުލެވޭ ގޮތަށް މާކެޓް ކުރަމުން އަންނަ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން ޕެކެޓުގެ ބޭރުގައި ވެސް އެކަމުގެ އިންޒާރު ދީފައި ނުވާ ކަމަށް އެ އިދާރާ އިން ބުންނެވެއެވެ.

ދުންފަތް ހިމެނޭ އެއްޗެއް ބޭނުން ކުރާ ނަމަ އެއަށް އާދަވެ، ދުންފަތުގެ އިސްތިއުމާލު ކުރަން މަގުފަހިވާނެތީ އެކަމަށް ސަމާލުވާން ޑްރަގް އޮތޯރިޓީން އިލްތިމާސްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355