twitterviber whatsapp telegramfacebookyoutube instagram
14th August 2026

ދަރިވަރުންގެ އަތްތެރިކަމުގެ މައުރަޒެއް އޭއީސީގައި ބާއްވަނީ

Aug 31, 2016

ހދ އަތޮޅު ތައުލީމީ މައުރަޒުގެ ޕްރިފެކްޓް ބޯޑުން އިސްނައިގެން ބާއްވާ އަތްތެރިކަމުގެ މައުރަޒެއް އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ލީޑިން ޓީޗަރު ހަސީނާ ވިދާޅުވީ މިމައުރަޒަކީ ފްރިފެކްޓް ކުދިން އިސްނަގައިގެން ބާއްވާ މައުރަޒެއް ކަމަށެވެ. މައުރަޒު ބާއްވަނީ ދަރިވަރުންގެ ޕްރިފެކްޓް ދުވަސް ފާހަގަކުރުމަށް ފަންޑު ހޯދުމުގެ ގޮތުން ކަމަށް ހަސީނާ ވިދާޅުވި އެވެ.

“ޕްރިފެކްޓް ބޯޑުގައި އުޅޭ ކުދިން ބޯޑު ހިންގުމަށް ފަންޑް ރައިޒިން ކުރުމަށް ބާއްވާ އިވެންޓެއް. އެކުދިން އަމިއްލައަށް ވޭޓް އެއްޗެހި ބޭނުންކޮށްގެން އެއްޗެހި ހެދުމާއި އެކުދިން ކުރަހާފަ ހުރި ކުރެހުންތަކެއް މައުރަޒުގައި ހުންނާނީ” ހަސީނާ ވިދާޅުވި އެވެ.

މިމައުރަޒުން ފެންނާނީ ހަމައެކަނި އެސްކޫލުގެ ޕްރިފެކްޓް ބޯޑުގައި އުޅޭ 60 ދަރިވަރުންގެ އެއްޗެހިކަމަށް ސްކޫލުން ބުނެ އެވެ. މައުރަޒު އޮންނާނީ އަންނަ ހޮނިހިރުދުވަހު މެންދުރުފަހު 2 ން އިރުއޮއްސި 6 ކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355