twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީ އީދު ފޯރި: މިއަހަރު އާ ކުޅިވަރުތަކެއް

Sep 1, 2016

މިއަހަރުގެ ބޮޑު އީދުގައި މީގެ ކުރިން ކުޅުދުއްފުށިން ފެނިފައިވާ ނުވާ ބައެއް އާ ކުޅިވަރުތައް ދައްކާލެވޭތޯ މަސައްކަތްތަކެއް އެބަކުރެ އެވެ.

މިއަހަރު އީދު ކުޅިވަރުތައް ރާވާ ހިންގުމަށާއި ފޯރިގަދަ ކުރުމަށް ކުޅުދުއްފުށިގައި ވަނީ “އީދު މަޖާ” ނަމުގައި ޓީމެއް އެކުލަވާލާފަ އެވެ. އެ ޓީމުން މަސައްކަތް ކުރަމުންދަނީ މީގެ ކުރީގެ އަހަރުތަކުގައި ބޮޑު އީދުގެ ކުޅިވަރުތައް ކުޅުމުގައި އިސްކޮޅު އުޅޭ ފަރާތްތަކާ ގުޅިގެން ދަނީ ގިނަ ކަންތައްތަކެއް ރާވަމުންނެވެ.

” އަޅުގަނޑުމެން މިއަހަރު ކުރަމުން މިދަނީ މީގެ ކުރިންވެސް މިރަށުގައި އީދުގައި ކުޅިވަރުތައް ކުޅުމުގައި އިސްކޮށް އުޅުނު މީހުން ނެރެގެން. އެމީހުން މޯޓިވޭޓްގެ ކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަމުން މިދަނީ ” އީދު މަޖާ ހަރަކާތްގެ އުޅޭ އޮފިޝަލަކު ބުންޏެވެ.

އެއޮފިޝަލް ބުނީ މީގެ އިތުރުން އިތުރު ކުޅިވަރުތަކެއް އީދު މަޖާއިން ރާވަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިން ވެސް ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި މަށިމާލި ޕެރޭޑާއި ދަމު ހިންގުމާއި ހިއްޗަށް ވަޑައިގަތުން ހިމެނެ އެވެ. އަދި މޮޓޯރޭސިން އިވެންޓެއް ހިމެނެ އެވެ.

އަދި މިއަހަރު އަލަށް ބާއްވަން މަސައްކަތް ކުރާ އޮބްސްޓިކަލް ރޭހަކާއި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައިސްކަލް ރޭހެއް އިންތިޒާމްކޮށް އެކަމުގައި އުޅެނީ އީދު ނަމާދު ކުރާ ގުރޫޕުންނެވެ. ފެންކުޅި އަދި ރަނގަބީގެ އިތުރުން ހަވީރީ އިންވެންޓެއް ބާއްވަން މަސައްކަތް ކުރަނީ އީދު މަޖާ ޓީމުންކަމަށް އެފަރާތުން މައުލޫމާތު ދެ އެވެ.

އީދު މަޖާއިން ބުނީ ހަވީރީ އިންވެންޓް ފަދަ އިންވެންޓްތައް ކުރިއަށްގެންދިއުމުގައި ވިޔަފާރިވެރިންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355