– ނަސްވާ ހަސަން
އަމީރު އަމީނު ސްކޫލް ގުރުއާން މުބާރާތް މިއަދު ފަށައިފި އެވެ.
މި މުބާރަތަކީ އެ ސުކޫލްގެ ނާސަރީ އަދި ބެބީ ނާސަރީ ދެ ގުރޭޑްގެ ދަރިވަރުންނަށް އަމާޒް ކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.
އެގޮތުން މިމުބާރާތުގައި ޖުމްލަ 275 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. މިމުބާރާތުގަ ދަރިވަރުން ކިޔެވުމަން ހަމަޖެހިފައި ވަނީ މިއަދު އަދި މާދަމާ އެވެ.
ނާސަރީ ދަރިވަރުންގެ ކިޔެވުން މިއަަދުގެ ކުރިއަށް ދާނީ ހެނދުނު 7:30 ން މެންދުރު 11:30 ށެވެ. އަދި މެންދުރުފަހު 1:00 ން ހަވީރު 3:15 ށެވެ. ބޭބީނާސަރީ ދަރިވަރުންގެ ކިޔެވުން ކުރިއަށް ދާނީ ހަވީރު 4:15 ން 6:00 ށެވެ.
މާދަމާ ކިޔެވުމަށް ހަމަޖެހިފައި ވަނީ ބޭބީނާސަރީ ދަރިވަރުން އެކަންޏެވެ. މާދަމާގެ ކިޔެވުން ފެށޭނީ މެންދުރުފަހު 2:15 ން ހަވީރު 3:30 ށެވެ. އަދި ހަވީރު 4:15 ން 6:00 ށެވެ.
މިމުބާރާތު ފަޑިޔާރުކަން ކުރަނީ ސާމިޔާ އަލީ ލަތީފީ މަންޒިލް އަދި ސުރައްޔާ އިސްމާއިލް ނޫރަންގެ އެވެ.
މިމުބާރާތަށް ވަނީ އަމިއްލަ ގޮތުން ސުކޫލްގެ ދިހަ ބެލެނިވެރިން އިނާމު ހުށައަޅާފައެވެ. މުބާރާތުގެ ނަތީޖާފާޅުކުރުމަށް ހަމަޖެހިފައިވަނީ 03 ސެޕްޓެމްބަރ 2016 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި ތިލަދެކުނު ސިނަމާގައެވެ.