twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީގައި ފުޓްބޯޅަ ތަރައްގީކުރުމާ ބެހޭ ގޮތުން ސަޕޯޓަރުން މުވައްސަސާތަކާ ބައްދަލުކޮށް، ކަންތައްތަކެއް ހުށަހަޅައިފި

Sep 1, 2016

ކުޅުދުއްފުށީ ސަޕޯޓަރުން އެފްއޭއެމް އާއި ނެޝަނަލް ސްޕޯޓް ކައުންސިލާ ބައްދަލުކޮށް ކުޅުދުއްފުށިގައި ފުޓްބޯޅަ ކުރިއެރުމުގެ ކުރި ގޮންޖެހުންތަކާއި ޝަކުވާތައް އެފަރާތްތަކަށް ހުށަހަޅައިފި އެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީގައި ފުޓްބޯޅަ ކުރިއަރުވާ ތަރައްގީކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާގެ މަޝްވަރާތަކެއް ކޮށްފައިވެ އެވެ.

ކުޅުދުއްފުށީ ސަޕޯޓަރުންގެ ސްޓެއަރިން ކޮމެޓީގައި އިސްކޮށް އުޅުއްވާ އަބުދުއްރަޝީދު ސައީދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ބުނީ ސަޕޯޓަރުންގެ ފަރާތުން ދެ ގޮތަކަށް ޝަކުވާ ނުވަތަ ކަންބޮޑުވުން ހުށަހެޅިން ކަމަށާއި އެއީ އުމްރާނީ ގޮތުން ފުޓްބޯޅައަށް އަންނަ ޖެހޭ ތަރައްގީއާ ޒުވާނުން ހުނަރު ތަރައްގީ ކުރުމާ ބެހޭ ގޮތުން ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީ ކަހަލަ ބޮޑު އާބާދީއެއްގައި ޖިމްއެއް ނެތުމުން އެމައްސަލައާއި ޒޯން ސްޓޭޑިއަމް އެންމެ އެކަށީގެންވާ ހާލަތުގައި ނޫންކަން ފާހަގަކުރަމުން ސިޑި ބަރި މިހާރު އެއޮތް ހާލަތާއި ދަނޑުގެ ޕިޗް އެންމެ ރަނގަޅު ހާލަތުގަ ނެތް ކަމާއި ކުރީގެ ރަސްމީ ބޯޅަ ދަނޑު ޕްރޮޖެކްޓެއްގެ ތެރެއިން ހަލާކުކޮށްލާފައި އޮތް އޮތުމުގެ އިތުރުން ކުޅުދުއްފުށީގައި ޒުވާނުން ތަރައްގީކުރަމުން އަންނަ ދަނޑުތަކަށް އިތުރު އެހީ ބޭނުންވާކަމުގެ ހުށަހެޅުންތައް ވަނީ ހުށަހަޅާފަ އެވެ.

“ދެން އަޅުގަނޑުމެން ކޮންސާނަކީ މިހާރު ކުޅުދުއްފުށީގައި ކުޅެން ހުރި ޒުވާނުން ތަރައްގީކުރަމުން އަންނަ ދަނޑުތަކަށް އިތުރު އެހީތައް ބޭނުންވާ ކަމަށް. ދެން އެތަންތަން ތަރައްގީކުރުމަށްޓަކާ މަސައްކަތް ކުރެވޭނެ ގޮތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި. ދެން ކުޅުދުއްފުށީގެ ވަރަށް ގިނަ ޒުވާނުން ކުޅެމުންދާ ކުރީގެ ރަސްމީ ބޯޅަ ދަނޑު ހަލާކުވެފައި އޮތީމަ ނުވަތަ ޕްރޮޖެކްޓެއްގައި ހަލާކުކޮށްލާފަ އޮތީމަ އެވަރަށް ބޮޑު ކޮންސާނެގެ ގޮތުގައި އަޅުގަނޑުމެން ހުށަހެޅިން” އަބުސީ ބުންޏެވެ.

އަބުސީ ބުނީ އެފްއޭއެމްއިން ސްޓްރެޖިކް ޕްލޭން އެކުލަވާލުމުގައި އޮންނާނެ ގޮތް އެފްއޭއެމް ކުޅުދުއްފުށީ ސަޕޯޓަރުންނާ ހިއްސާކުރެއްވިކަމަށާއި އެފްއޭއެމްގެ ރައީސް ޓޮމްގެ އެތަށް ހުށަހެޅުމެއް ހުށަހެޅިކަމަށް އަބުސީ ބުންޏެވެ. އެގޮތުން އެފްއޭއެމްއިން ފުޓްބޯޅަ ތަރައްގީކުރަމުންދާއިރު މައިގަނޑުކޮށް ރާއްޖޭގެ 3 ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރާ ގޮތަށްކަމަށާއި އެގޮތުން އެފްއޭއެމްގެ އެންމެ އުތުރުގެ މައި ތަނަކީ ކުޅުދުއްފުށީކަމަށް ވެގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެފްއޭއެމްގެ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޓޮމް ވިދާޅުވިކަމަށް އަބްސީ ބުންޏެވެ.

ކުޑަކުދިންގެ ގުރާސް ރޫޓް ނުވަތަ ވައިޑީޕީ ކުޅުދުއްފުށީގައި ހިންގުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތް ބޭއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އެފްއޭއެމްއާ ހަވާލާދީ އަބްސީ ބުންޏެވެ.

އަބުސީ ބުނީ އެފްއޭއެމާއި ނެޝަނަލް ސްޕޯޓްސް ކައުންސިލުން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ފެހި ސިގްނަލް ދެއްވި ކަމަށެވެ. ޔޫތް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އެފްއޭއެމްގެ އިސް ބޭފުޅުންނާއި ނެޝަނަލް ސްޕޯޓްސް ކައުންސިލުންގެ ހުރިހާ މެމްބަރުންގެ އިތުރުން ކުޅުދުއްފުށީ ސަޕޯޓަރުން ޓީމުގެ އިސްކޮށް އުޅޭ ބައެއް ސަޕޯޓަރުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355