twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ގައުމީ ޓީމު ރާއްޖެއިން ބޭރުގައި ކުޅޭ މެޗުތަކުގައި ކުޅުދުއްފުށީ ސަޕޯޓަރުން ފެނުމަކީ ގާތްކަމެއް: އަބުސީ

Sep 1, 2016

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ރާއްޖެއިން ބޭރުގައި ކުޅޭ މެޗުތަކުގައި ސަޕޯޓްކުރުމަށް ކުޅުދުއްފުށީ ސަޕޯޓަރުން ފެނުމަކީ ގާތް ކަމެއް ކަމަށް ކުޅުދުއްފުށީ ސަޕޯޓަރުން ޓީމްގައި އިސްކޮށް އުޅޭ އަބުދުއްރަޝީދު ސައީދު(އަބުސީ) ބުނެފި އެވެ.

އަބުސީ މިހެން ބުނެފައިމިވަނީ އެފްއޭއެމްގެ ރައީސްގެ ހާއްސަ ދައުވަތަކަށް ހާއްސަ މެޗަށް ސަޕޯޓްކުރުމަށް މާލެއަށް ކުރި ދަތުރަށް ފަހު އެފްއޭއެމް އާއި ނެޝަނަލް ފުޓްބޯޅަ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ކޭއޯއަށް ދިން އިންޓަވިއުއެއްގަ އެވެ.

“ވަރަށް ކައިރި ކަމެއް މިއީ އިނގޭތޯ ގައުމީ ޓީމް ރާއްޖޭ ބޭރުގައި ކުޅޭ މެޗުތަކުގައި ކުޅުދުއްފުށީ ސަޕޯޓަރުން ފެނުން” އަބުސީ ބުންޏެވެ.

ގަލޮޅު ދަނޑުގައި އޮތް ހާއްސަ މެޗުގައި ކުޅުދުއްފުށީ ސަޕޯޓަރުން ދެއްކީ ވަރަށް ހިތްހަމަ ޖެހޭ ސަޕޯޓެއް ކަމަށާއި އެއިވެންޓް އެފްއޭއެމްގެ ރައީސް ޓޮމްއަށާއި ކުރީގެ އަދި މިހާރުގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަށް ވަރަށް ކަމުދިޔަ ކަަމަށް އަބުސީ ބުންޏެވެ.

“ގައުމީ ޓީމުގެ ކުޅުންތެރިންވެސް އަޅުގަނޑުމެންނާ ބައިވެރިވެ ހިތްވަރު ދިން. އެމީހުން ދެން ވަރަށް ހެޕީ. ހަގީގީ ސަޕޯޓަރުންގެ ރޫހް މިދައްކައިދިނީ ކުޅުދުއްފުށިން ކަމަށް ވިދާޅުވެ ކުރީގެ ގޯލްޑް ޓީމްގެ ކެޕްޓަން އަސަދު އަދި މިހާރު ގައުމީ ޓީމްގެ ކެޕްޓަން އަޝްފާގު އަދި އިމްރާން ފަދަ ސީނިއާ ކުޅުންތެރިން އަޅުގަނޑުމެންނާ ބައްދަލުކޮށްފަ ބުނި” އަބުސީ ބުންޏެވެ.

އަބުސީ ބުނީ އެކުޅުންތެރީންގެ އުއްމީދަކީ ކުޅުދުއްފުށީ ސަޕޯޓަރުން ދައްކައިދިން ނަމޫނާ ލިބިގަނެއް ކުރިއަށް އޮތްތަނުގައި އެގޮތަށް އެހެން ސަޕޯޓަރުން ގަލޮޅު ދަނޑުން ފެންނާނެ ގޮތްވުން ކަމަށެވެ.

އަބުސީ ބުނީ ކުޅުދުއްފުށީގެ ސަޕޯޓަރުންނާ ގުޅިގެން އެފްއޭއެމްއިން އިތުރު ހަރަކާތްތައް ރާވާނެ ކަމަށާއި އެގޮތުން 2008 ވަނަ އަހަރު ތަށި ހޯދި ޓީމް ކުޅުުދުއްފުށީ ފަސްގަނޑުގައި މެޗެއް ކުޅޭނެ ކަމަށެވެ. އަދި އެކަމަށް އެފްއޭއެމްއިން ވަރަށް ޕޮޒްޓިވް ޖަވާބެއް ދެއްވި ކަމަށް އަބުސީ ބުންޏެވެ. އެކަން އޮތީ އަހަރުގެ ތަންކޮޅެއް ފަހުން ކަމަށާއި އެކަމަށްވާ ޖެހޭ ތައްޔާރީތައް ސަޕޯޓަރުންވެސް ވާނެ ކަމަށެވެ.

މިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަން ފާހަގަ ކުރަމުން އަބުސީ ބުނީ މިދަތުރު ފެށީ ވަރަށް ޗެލެޖަސްތަކަކާއެކު ކަމަށާއި ގިނަ ބަޔަކު މިކަން  ސިޔާސީ އެއްޗެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރިކަމަށެވެ.

 “މިފުރައިގެން ދިޔަ 200 އެއްހާ ކުދިންނަކީ ވަރަށް ހިތްވަރު ގަދަ ކުދިން ކޮޅެއް. ހާއްސަކޮށް މީގެ އިސްކޮށް، ސްޓެއަރިން ކޮމެޓީގެ މިއުޅުން ކުދިން ފާހަގަކޮށްލެވޭ . ވަކި އެކަކު ކުރި މަސައްކަތެއް ނޫން މިއަކީ .މުޅި ކޮމެޓީއެއްކޮށް ކުރި ބުރަ މަސައްކަތުން ކާމިޔާބު މިވީ. އެހެންވެ އެކުދިންނަށް ވަރަށް ސެލިއުޓްކުރަން .ވަރަށް ހިތްވަރު ގަދަ ކުދިންކޮޅެއް އެއީ” އަބުސީ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355