ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ބޭއްވި ގައުމީ ކުރު ވާހަކަ ލިޔުމުގެ މުބާރާތުގެ ފަހްރުވެރި އެއްވަނަ ހއ އިހަވަންދޫ ސްކޫލު ހޯދައިފި އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ ރާއްޖޭގެ 38 ސްކޫލަކު 300 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރި އެވެ. މިމުބާރާތުން 2 ވަނަ ވިލާ އިންޓަރނޭޝެނަލް ހައި ސްކޫލް ހޯދިއިރު މުބާރާތުން 3 ވަނަ ހޯދީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަނެވެ.
ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި 3 އުމުރުފުރާއަކަށް 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރު ފުރައިން 1 ވަނަ ހޯދީ އިހަވަންދޫ މަދަރުސާގެ މަރިޔަމް މާނިޔާއެވެ.
މާނިޔާ ފިޔަވައި އިތުރު ދަރިވަރަކު އެއްވަނަ ހޯދޭ މިންވަރަށް މާކްސް ލިބިފައިނުވާތީ އެހެން އުމުރު ފުރާއަކުން އެއްވެސް އެހެން ދަރިވަރަކަށް 1 ވަނަ ހޯދިފައެއް ނުވެ އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބެވެ. މިރަސްމިއްޔާތު ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަސްރަފް އަލީވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.