twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބޮޑު އީދާ ދިމާކޮށް “ވަށަފަރު އިން” އިން ދިވެހީންނަށް ހާއްސަ އަގުތަކެއް

Sep 3, 2016

ބޮޑު އީދާ ދިމާކޮށް “ވަށަފަރު އިން” ދިވެހީންނަށް އަގުހެޔޮ ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ. ވަށަފަރު އިން އަކީ ހއ ވަށަފަރުގައި ހިންގަމުން އަންނަ 3 ތަރީގެ ޓޫރިސްޓް ހޮޓަލެކެވެ.

މިޕެކޭޖްތަކާ ބެހޭ ގޮތުން ކޭއޯއަށް މައުލޫމާތު ހިއްސާކުރައްވަމުން ވަށަފަރު އިންގެ އޯނަރ ހަސަން ޝާކިރު ވިދާޅުވީ މިޕޭކޭޖްގެ ބޭނުމަކީ ދިވެހީންނަށް އަގުހެޔޮކޮށް ހިތްގައިމް ރަށެއްގައި އީދު ޗުއްޓީ ހޭދަކޮށްލުމަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ މި ޕެކޭޖްގެ ދަށުން ދިވެހިންގެ އިތުރުން ބިދޭސީންނަށް ވެސް ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން 5 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޕެކޭޖްގެ ދަށުން ހުރިހާ ހިދުމަތެއް ހިލޭ ލިބިގެންދާނެ ކަމަށް ހަސަން ވިދާޅުވި އެވެ. މި ޕްރޮމޯޝަން ޑިސެމްބަރުމަހާހަމަށް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 ވަށަފަރު އިން ހުޅުވާލައިފައިވާ 3 ޕެކޭޖް:

ޑަބަލް ރޫމް 350 ރުފިޔާ އެއްދުވަހަށް

ޑަބަލް ރޫމް 450 ރުފިޔާ އެއްދުވަހަށް ހެނދުނުގެ ނާސްތާ އާއި ރޭގަނޑުގެ ނާސްތާއާ އެކު

ޑަބަލް ރޫމް 650 ރުފިޔާ އެއްދުވަހަށް ފުޑް އެންޑް ބެވަރޭޖަސްއާ އެކު

އިތުރުވާ ކޮންމެ ފަރާތަކަށް 30 ރުފިޔާގެ ރޭޓުން ޗާޖް ކުރެވޭނެ އެވެ. ހަނިމާދޫއިން ފުރައިގެން ސްޕީޑް ލޯޗެއްގައި ވަށަފަރަށް 18 މިނިޓް ތެރޭގައި ދެވޭނެ އެވެ.

 

ފެރީ ނިޒާމްގެ ތެރެއިން ވެސް ވަށަފަރަށް ފަސޭހައިން ދެވޭނެ ކަމަށާއި އީދު ކުޅިވަރުވެސް ވަރަށް ފޯރީގައި ކުރިއަށްގެންދާ ރަށެއްކަމަށް ހަސަން ވިދާޅުވި އެވެ.

” 35 ބޭފުޅުންނަސް އެއްފަހަރާ ސާވް ކުރެވޭނެ އަޅުގަނޑުމެންނަށް. ހަނިމާދޫއާ ހަމައިން ގެންގޮސްދެވޭނެ ” ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން އިތުރު ސާޖާއެކު ސޭޑްބޭންކް ޓްރިޕާއި ބީޗް ބާބަކިއު އާއި ސްނޯކަލިންގ ޕިކްނިކް އައިލެންޑަށް ދިއުމާއި އުތީމް ގަނޑުވަރު ބަލާލުން ދިއުން ފަދަ ކަންތައްތައް ހިމެނޭކަމަށް އެފަރާތުން މައުލޫމާތު ދެ އެވެ.

ބުކިންގ ހައްދަވަން ބޭފުޅުންވާ ފަރާތަކުން 7798002 ފޯނާ ގުޅުމުން ހަމަޖެހިގެންދާނެ އެވެ. އަދި  [email protected] އަށް މެއިލް ވެސް ކުރެވިދާނެ އެވެ.

ވަށަފަރަކީ ލޯކަލް ޓުރިޒަމަށް ފައްކާވަމުން އަންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް 3 ގެސްޓް ހައުސް އޮޕަރޭޓް ކުރުމުން އާދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355