ކުޅުދުއްފުށި އޮންލައިންގެ ފަރާތުން އޮޕަރޭޓް ކުރާ “ކޭއޯ ސްވިފްޓް” ސްޕީޑް ލޯންޗުގެ ދަތުރުތައް ފަށައިފި އެވެ.
ބާރަ މީހުންގެ ޖާގައިގެ ކޭއޯ ސްވިފްޓް ލޯންޗް އާއްމުގޮތެއްގައި ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުއްޓާއި ހަނިމާދުއާ ދެމެދުގައި ކުރެވޭ ދަތުރުތަކެވެ. މީގެ އިތުރުންވެސް ތަފާތު އެކި ރަށްތަކަށް ދަތުރުތައް ކުރާނެ ކަމަށް ކުޅުދުއްފުށި އޮންލައިންގެ މެނޭޖްމަންޓްއިން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީ އޮންލައިންއަކީ ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ކުޅުދުއްފުށީގެ ޕަސެންޖަރ ސޭލްސް އޭޖެންޓްވެސް މެއެވެ. ކުޅުދުއްފުށި އޮންލައިންއިން ހަނިމާދޫއަށް ސްޕީޑް ލޯންޗްގެ ދަތުރުތައް ފެށުމާއެކު، ހަނިމާދޫ އިން މާލެ ދިއުމަށް ޓިކެޓް ނަގާފަރާތަކަށް އަގުހެޔޮކޮށް ލޯންޗް ދަތުރުތައް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އަދި ވަރަށް ކައިރި މުސްތަގްބަލެއްގައި ފެރީ ސްޓައިލްއަށް ދަތުރުތައް ފަށާނެ ކަމަށް ކުޅުދުއްފުށި އޮންލައިން އިން މައުލޫމާތު ދެއެވެ.
ކޭއޯ ސްވިފްޓްގެ ދަތުރުތަކަށް ލޯންޗް ހަޔަރ ކުރުމަށް ގުޅުއްވާނީ 9908355 ނުވަތަ 6528355 އަށެވެ. ސްޕީޑް ލޯންޗް ދަތުރުތަކާއެކު ކުޅުދުއްފުށި އޮންލައިން ލޯޔަލްޓީ ޕްރޮގްރާމެއްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.