twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށި އޮންލައިން އިން ލޯޔަލްޓީ ޕްރޮގްރާމެއް ފަށައިފި

Sep 3, 2016

ކުޅުދުއްފުށި އޮންލައިން އިން މިއަދު ފެށި ކޭއޯ ސްވިފްޓް ލޯންޗް ދަތުރުތަކާއެކު ލޯޔަލްޓީ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ލޯޔަލްޓީ ޕްރޮގްރާމްގެ ދަށުން، ކޭއޯ ސްވިފްޓް ސްޕީޑް ލޯންޗުން ދަތުރުކޮށްގެން އަދި އާ މެމްބަރުން ތައާރަފް ކޮށްގެން، މެމްބަރުންނަށް ޕޮއިންޓް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ވަކި އަދަދަކަށް ޕޮއިންޓް ހަމަކުރައްވައިގެން ހަނިމާދޫ އާއި ކުޅުދުއްފުއްޓާ ދެމެދު ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކޭއޯ ސްވިފްޓްގެ މެނޭޖަރ ވިދާޅުވީ، ލޯންޗްގައި ދަތުރުކުރުމަށް ލޯންޗު ހިފާ ކޮންމެ ފަރާތަކަށް ލޯޔަލްޓީ ކާޑެއް ލިބޭނެ އެވެ. އަދި ދަތުރު ކުރާ ވަރަކަށް، ދަތުރު ކުރާ އަގުތަކަށް ބަލައި، ޕޮއިންޓް ލިބޭނެ އެވެ. މިސާލަކަށް ކުޅުދުއްފުށިން ހަނިމާދޫ އަށް ދަތުރެއް ކުރުމަށް 1000 ރުފިޔާ ހަރަދު ކޮށްފިނަމަ، އެ މެމްބަރަކަށް 100 ޕޮއިންޓް ލިބޭނެ އެވެ. އަދި ކޭއޯ ސްވިފްޓަށް އާ މެމްބަރެއް ތައާރަފް ކުރުމުން 50 ޕޮއިންޓް ލިބޭނެ އެވެ. އަދި 300 ރުފިޔާގެ ޝެއާރ ކުރާ ދަތުރެއް ނަގައިފިނަމަ، 30 ޕޮއިންޓް ލިބޭނެ އެވެ. މިގޮތަށް ޕޮއިންޓް އެއްކުރުމަށްފަހު، 1000 ޕޮއިންޓް ހަމަކުރުމުން ހިލޭ ދަތުރެއް ލިބޭނެ އެވެ.

ކުޅުދުއްފުށި އޮންލައިން ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ ފުލް ދަތުރަކަށް ލޯންޗް ހަޔަރ ކުރުމެވެ. ލޯންޗް ހަޔަރ ކުރުމަށް ގުޅަންޖެހޭނީ 9908355 ނުވަތަ 6528355 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355