twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ގެވަޅެއްގައި ފަނިތަކެއް އުފެދި, އަވައްޓެރި ގެތަކަށް ފެތުރި ބޮޑެތި އުނދަގޫތަކެއް

Sep 4, 2016

ކުޅުދުއްފުށީގައި ހުރި ފަޅު ގެވަޅެއް ތެރޭގައި ފަނިތަކެއް އުފެދި އެއްޗެހި ކައިރި ގެތަކަށް ފެތުރި ބޮޑުތި އުނގޫތަކެއް ވަމުން އެބަދެ އެވެ.

ސަރުދާރުމަގަށްވާ ގޮތަށް ހުރި މި ގެވަޅުން ފަނިތަކެއް ނިކުންނަ ފެށީ މި ވިއްސާރަ މޫސުމްގައި އެވެ. ކައިރީ ގެތަކަށް ފަނިތައް ވަދެ އެކަމުގެ ސަބަބުން އެގެވަޅު ވަށައިގެންނާއި އެމަގު ހުރި ގޯތިތަކުގެ ދިރިއުޅޭ މީހުންނަށް ދަނީ ބޮޑުތި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ.

ކޭއޯ އާ ވާހަކަ ދައްކަމުން އެސަރަހައްދުގެ ރައްޔިތަކު ބުނީ އެގެވަޅުން ނިކުންނަށް ފަނިތައްް ކޮޓަރިތަކަށާއި ނިދާ އެނދަށް އަދި ބަދިގެ ފަދަތައް ތަންނަށް ވަންނަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގެތަކުގެ އުޅޭ ކުޑަކުދިންނާއި ބައެއް މީހުން ނަފްސާނީ ގޮތުން ބިރުވެރިކަމެއްގައި ތިބި ކަމަށް އޭނާ ބުންޏެވެ.

އަދި ބަދިގެ ފަދަ ތަންތަން ވަނުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ވެސް ގެއްލިފައިވާކަމަށް އެމީހުން ބުނެ އެވެ. ގާތްގަނޑަކަށް އިންޗިއެއް ހުންނަ މިފަނިތައް އެންމެ ގިނައިން ފެންނަނީ ހެނދުނުގެ ވަގުތުތަކުގަ އާއި ހަވީރު އަދި ރޭގަނޑު އެވެ.

އެސަރަހައްދުގެ އެހެން މީހަކު ބުނީ ކޮޓަރީގެ ފާރުތަކު އާއި ނިދާ ހޭލާއިރު ބާލީސް މަތީގައި ވެސް ފަނި ހުންނަ ކަމަށާއި އެއިން އެއްޗެއް ހަށިގަނޑުގެ އެތެރެއަށް ވަދެދާނެކަމުގެ ބިރު އޮންނަކަމަށެވެ. އެސަރަހައްދުގައި ދިރިއުޅޭ މީހުން ބުނީ އެކަމާ ގުޅިގެން ޕޮލިހަށާއި ޕަބުލިކް ހެލްތަށް އަދި ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ޕޮލިހާއި ޕަބުލިކް ހެލްތުން ބޭފުޅުން އައިސް އެފަނިތައް ބެލިކަމަށެވެ. އެކަމަކު އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ކޮށް ނުދެވޭނެ ކަމަށް އެމީހުން ބުނެފައިވާކަމަށް އެސަރަހައްދުގެ ރައްޔިތުން ބުނެ އެވެ. މިމައްސަލައިގައި އެންމެ ފަހުން އެ މީހުން ދިޔައީ ކައުންސިލުގެ ގާތަށް ކަމަށާއި ކައުންސިލުން ފިޔަވަޅު އަޅާނެކަމަށް ބުނިކަމަށެވެ. އެހެންނަމަވެސް އެއަށްފަހުން މިހާރު ގިނަ ދުވަސްތަކެއް ވީއިރުވެސް އެކަމަށް ހައްލުވެފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެމައްސަލަ ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ގެވަޅުގެ ވެރި ފަރާތް ތަކުރާރުކޮށް ކައުންސިލަށް ހާޒިރުކޮށް އެތަން ސާފުކުރުމަށް އަންގާފައިވާނޭ ކަމަށެވެ.

” ކައުންސިލްގެ ކަންތައްތައް އެންގުމުގައިވެސް މިއޮންނަނީ އުސޫތަކެއް ކަނޑައެޅި މަރުހަލާތަކެއް ކަނޑަތުކުރަން އެބަ ޖެހޭ ހަމަ ގޮސް މީހެއްގެ ކަރެއްގަ ނުހިފޭނެ ” އަލީ ވިދާޅުވީ އެވެ.

އަލީ ވިދާޅުވީ އެގެ ވަޅުގެ ވެރިޔާއަށް މިހާރު އޮންނާނީ އެންމެ ފަހުގެ އެންގުން އަންގާފައި ކަމަށާއި ދެން އެ މުއްދަތު ތެރޭގައި އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ގެވަޅުގައި ފަނިތައްތަކެއް އުފެދި ފެތުރެން ފަށާފައިވަނީ މި ވިއްސާރަ މޫސުމްގަ އެވެ. އެތަނަކީ ސާފުތާހިރުކަން ކުޑަތަނެއް ކަމުން އެތަނުގައި ތަފާތު ވައްތަރުގެ ފަނިފަކުސާ އާއި މަދިރި އާލާވެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355