މިއަހަރު ބޮޑު އީދުގައި ހއ އިހަވަންދޫގައި އޮންނަ މަލިކު މީހުންގެ ދަނޑި ޖެހުން ބާލާލަން ދާން ބޭނުންވާ ފަރާތްތަކަށް ބާދުޝާހުން މިވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
ބާދުޝާހް ބޯޓް އިހަވަންދޫއަށް ދިއުމަށް ކުޅުދުއްފުށިން ފުރުން އޮތީ ފުރަތަމަ އީދު ދުވަހުގެ ހަވީރު 3:00 ގަ އެވެ. އަބުރާ ކުޅުދުއްފުއްޓަށް އައުން އޮތީ 13 ވަނަ ދުވަހު ހެނދުނު 7 ޖަހާއިރު އެވެ.
މިއަހަރުގެ އީދުގައި އިހަވަންދޫގައި މަލިކު މީހުންގެ ދަނޑި ޖެހުމުގެ އިތުރުން ތަފާތު ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތުލިބެ އެވެ.
ބާދުޝާހް ބޯޓް ހިނގާ ކުންފުނީގެ އޮފިޝަލަކު ބުނީ އެދުވަހު އިހަވަންދޫއަށް ދެވޭނީ މަދުވެގެން 200 މީހުން ނަންނޯޓްކުރުމުން ކަމަށެވެ. މިހާރު ނަންނޯޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެެވެ. މިދަތުރުގެ ފީ އަކީ 100 ރުފިޔާ އެވެ.
ނަންނޯޓް ކުރުމަށާއި އިތުރު މައުލޫމާތު ހޯދެއްވުމަށް 6528139 ގުޅުވުމަށް އެފަރާތުން އެދެ އެވެ.