twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ނޫރު ޖަމިއްޔާގެ ޤާރީ ކޯސް 1 އަދި 2 ގައި ބަައިވެރިވުމަށް މުއްދަތު އިތުރު ކޮށްފި

Sep 4, 2016

-ނަސްވާ ހަސަން

ކުޅުދުއްފުށީގައި މައުހަދުއްދިރާސަތިލް ގުރުއާނިއްޔާއާ ޖަމިއްޔަތުއް ނޫރު ގުޅިގެން ހިންގާ ޤާރީ ކޯސް ލެވެލް 1 ބައިވެރި ވުމުގެ މުއްދަތު އިތުރުކޮށްފި އެވެ. 1 ސެޕްޓެމްބަރ ގައި ފެށިފައިވާ ޤާރީ ކޯސް ލެވެލް 1 ގައި ބާކީއޮތް 5 ޖާގައަށް ފޯމް ލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވަނީ 7 ސެޕްޓެމްބަރ ވާ ބުދަދުވަހާ ހަމައަށެވެ.

މި ކޯހުގެ މުއްދަތަކީ ދެމަސް ދުވަހެވެ. ކޯސްފީ އަކީ 1300 ރުފިޔާ އެވެ. މިކޯހުގައި ގުރޭޑް 7 މަތީގެ ދަރިވަރުންނަށް ބައިވެރިވެވޭނެ ކަމަށް ނޫރުން މައުލޫމާތު ދެ އެވެ.

ނޫރު ޖަމިއްޔާއިން ކުރިއަށްގެންދާ ޤާރީ ކޯސް ލެވެލް 2 މިހާރު އޮތީ 13 ޖާގަ އެވެ. މިކޯހުގެ ޝަރުތަކީ ޤާރީ ކޯސް 1 ފުރިހަމަ ކޮށްފައި އޮތުމެވެ. މަހަކު 450 ރުފިޔާ ދައްކާ މިކޯހުގެ މުއްދަތަކީ 4 މަހެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތަކާއި އިތުރު މައުލޫމާތު ސާފުކުރުމަށް 9913954 ގުުޅުވުމުން ހަމަޖެހިގެންދާނެ ކަމަށް ނޫރު ޖަމިއްޔާއިން މައުލޫމާތު ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355