twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ދޭ ހިދުމަތްތައް ރަނގަޅުކޮށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

Sep 5, 2016

– ނަސްވާ ހަސަން

ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ދެމުންދާ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް ސްޓޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމާއި ގުޅޭގޮތުން ހދ. އަތޮޅު ކޮމާންޑަރާއި ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުން މަޝްވަރާކޮށްފި އެވެ.

ޕޮލިސް މީޑީޔާއިން މައުލުމާތު ދޭގޮތުގައި މަޝްވަރާކޮށްވައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވި ހދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ބައްދަލުވުމުގައި ހދ. އަތޮޅުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ދެމުންދާ ފުލުހުންގެ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް އެއް އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން ސްޓޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުންނެވެ.

މީގެއިތުރުން ސްޓޭޝަންތަކަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށް ކުރެވިދާނެކަންކަމާއި ދިމާވާ ދަތިތަކާއި އެކަންކަން ހައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައެވެ. ހަމައެއާއެކު ރަށްރަށުގައި ކުށްމަދު އަމާން ވެއްޓެއް ގާއިމްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ އިތުރުކޮށް ރައްޔިތުން ހޭލުންތެރިކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައިވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ހދ.އަތޮޅު ކޮމާންޑަރޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަހުމަދު ނަސީމްގެ އިތުރުން ހދ.އަތޮޅުގައި ޕޮލިސް ސްޓޭޝަން ގާއިމުކުރެވިފައިވާ ހުރިހާ ރަށެއްގެ އިންޗާރޖުންނާއި ހދ.އަތޮޅު އިންވެސްޓިގޭޝަން ޔުނިޓްގެ އިންޗާރޖު ޕޮލިސް ސްޓާފް ސަޖަންޓް މުހައްމަދު އަބްދުއްލަތީފް ބައިވެރިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355