twitterviber whatsapp telegramfacebookyoutube instagram
13th April 2025
ADVERTISEMENT

ކޭއެފްސީގެ ކުކުޅު ދެން ގޭގަ ވެސް ތައްޔާރުކޮށްލެވޭނެ

Sep 5, 2016

– ނަސްވާ ހަސަން

ކޭއެފްްސީ މަޝްހޫރު ވެފާ ވަނީ އެތާ ތައްޔާރުުކުރާ މީރު ކުކުޅުގެ ސަބަބުން ނެވެ. 67 އަހަރު ވެފައިވާ ކޭއެފްސީ މީހުން ވަރަށް ފޮރުވައިގެން ގެންގުޅޭ ރެސިޕީ ޗިކާގޯ ޓުރިބިއުން ކިޔާ ނިއުސް އެއްގަ މިވަނީ ސިއްރު ފާޅުކޮށްފަ އެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު ފުއް

3/2 ސަމުސާ ލޮނު

2/1 ސަމުސާ ތައިމް ފަތް

1 ސަމުސާ ހިކި ސްޕަގުލް/2

3/1 ސަމުސާ ހިކި މާރްޖޮރަމް

1 ސަމުސާ

1 ސަމުސާ އަސޭމިރުސް

1 ސަމުސާ ރީދޫ

4 ސަމުސާ ބެލްޕެޕާ ޕައުޑާ

2 ސަމުސާ ލޮނުމެދު ލޮނު

1 ސަމުސާ މުގުރި އިގުރު

3 ސަމުސާ ހުދު އަސޭމިރުސް

1 ޖޯޑު ލޯ ފެޓް ކުރީމް

1 ގިރުވާފަ އޮތް ބިހެއް

ކަނޯލާ އޮއިލް

ތައްޔާރު ކުރާ ގޮތް:

ފުރަތަމަ ފުށާއި ހުރިހާ މިރުސް ތައް ޖޯޑެއްގަ އެއްކޮށްލާނީ އެވެ.

ބިސް އަދި ލޯ ފެޓް ކުރީމް އެއްކޮށްލުމަށްފަހު ކުކުޅު 30-20 މިނެޓް ވަންދެން ބާއްވާނީ އެވެ.

ލޯ ފެޓް ކުރީމް ތެރެއިން ކުކުޅު ނެގުމަށް ފަހު، ކުޑަކޮށް ހިކުނީމަ ފުށާއި މިރުސްގެ ތެރެއަށް އެއްކޮށް ލާށެވެ. ތަވައެއްގަ ކުކުޅު އަތުރާލައިފަ 20 މިނެޓް ބަހައްޓާ ލާށެވެ.

ތަވަޔަށް ތެޔޮ އަޅައި 175 ޑިގްރީ އަށް ހޫނު ކޮށްލާށެވެ. 4-3 އެތިކޮޅު ތަވަޔައްލައި މަޑު ޗޮކްލެޓް ކުލަ އަރަންދެން ފިހެލާށެވެ.

ހިހޫ ވެލުމުން ސޯސް ކޮޅަކާ އެއްކޮން ކާން މިއޮތީ ކޭއެފްސީ ކުކުޅު ތައްޔާރު ވެފަ

އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com