twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީ އީދު ފޯރި: މިއަހަރު ސައިކަލް ރޭހާއެކު ކާރު ރޭހެއް

Sep 5, 2016

ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބޮޑު އީދާ ދިމާކޮށް ބާއްވާ ސައިކަލް ރޭސް އާއެކު މިއަހަރު ކާރު ރޭހެއް ބާއްވަން ނިންމައިފި އެވެ. މިއަހަރު ވަނީ އެރޭހަށް ކެޓަގަރީތަކެއް އިތުރުކޮށް ފުޅާކޮށްފަ އެވެ.

ކުޅުދުއްފުށި މޮޓޯ ސްޕޯޓްސްގެ މީޑިއާ ކޯޑިނޭޓަރ ޖައުފަރު އަލީ ކޭއޯއަށް މައުލޫމާތު ދެއްމުން ބުނީ މިއަހަރު އިތުރު ކުރި 2 ކެޓަގަރީއަކީ ކާރު ރޭހާ އޮޓޯ ކެޓަގަރީ ރޭހެއް ކަމަށެވެ.

އޭގެ ތެރޭގައި 100-150ސީސީ އޮޓޮމަޓިކްގެ ރޭހާއި 125ސީސީ ސެމީ އޮޓޮމަޓިކްގެ ރޭހާއި 150-250ސީސީ ސެމީ އޮޓޮމަޓިކްގެ ރޭހާއި 110ސީސީ ސެމީ އޮޓޮމަޓިކްގެ ރޭހާއި ކާރު ޑްރެގް ރޭހެއްގެ އިތުރުން އިތުރު އިވެންޓްވެސް އޮންނާނެކަމަށް ޖައުފަރު ބުންޏެވެ.

ސައިކަލް ރޭހަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިކްސްތައް ކުރަނީ–

 

މިރޭސްތައް ކުރިއަށްދާނީ 13 އަދި 14 ވަނަ ދުވަހު މެންދުރުފަހު 1 ފެށިގެން ކުޅުދުއްފުށީ އަމީނީމަގުގެ ދެކުނުކޮޅުގަ އެވެ.

ޖައުފަރު ބުނީ މިރޭސްތަކަށް ވަރަށް ބޮޑެތި ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ސައިކަލް ރޭސްތަކުގައިވެސް 20 ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފަވާއިރު ކާރު ރޭހުގައި 7 ވަރަށް ކާރު ބައިވެރިވެފައިވާ ކަމަށެވެ.

މިއަހަރު މިއިވެންޓް ބާއްވަނީ “ދިރާގު ރޯޑް ކިންގް ޗެމްޕިއަންޝިޕް” ނަމުގަ އެވެ. 350 މީޓަރުގެ ޓްރެކެއްގައި ކުރިއަށްގެންދާ މިރޭސްތަކުގައި، ޑްރެގް ރޭސްތަކުގެ އިތުރުން ސްޓަންޓް ޝޯއެއް ވެސް ކުރިއަށްދާނެ އެވެ.

ކާރު ރޭހުގެ އިވެންޓަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިކްސްތައް ކުރަނީ–

 

މިހާރުވެސް ކޮންމެ ހުކުރު ދުވަހަކު މި އިވެންޓަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިކްސްތައް ކުރިއަށްދާއިރު ފަހު ޕްރެކްޓިކްސް އަންނަ ހުކުރު ދުވަހު އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355