ރައްކާތެރިގޮތުގައި ކުނިނައްތާލުމާ ބެހޭ ސަރަހައްދީ ވޯކްޝޮޕް ހދ ހަނިމާދޫގައި މިއަދު ފަށައިފި އެވެ. މިވޯކްޝޮޕްގައި ހއ ހދ އަދި ށ އަތޮޅުގެ ކޮންމެ ރަށަކުން މަންދޫބުން ބައިވެރިވެ އެވެ.
މޯލްޑިވްސް އެނާޖީ އެންޑް އެންވަޔަރަމަންޓް ކޮމްޕެނީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ކުރިއަށްދަނީ ހަނިމާދޫ ޝޯސަލް ސެންޓަރުގަ އެވެ.
ސަރަހައްދީ ކުނި މެނޭޖްކުރުމުގެ މަޝްރޫއާބެހޭގޮތުންނާއީ ރައްކާތެރިގޮތުގައި ރަށްރަށުގައި ކުނި ނައްތާލުމާއި ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.