twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އާޔާގެ ހިތްވަރާއެކު އެތުލެޓިކްސް މީޓުން ހދ އޭއީސީއަށް ބޮޑެތި ކާމިޔާބީތަކެއް

Sep 6, 2016

މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 11 އަހަރުން ދަށުގެ އަންހެން ކުދިންގެ ޗެމްޕިއަންކަން ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި އެވެ. މިމުބާރާތުން ގިނަ އެތުލީޓުން ވާދަކުރަން ޖެހިލުންވި  އައިޝަތު އާޔާ އަލީ ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެގޮތުން އާޔާ ވަނީ 11 އަހަރުން ދަށުގެ އަންހެން ކުދިންގެ 50މ ދުވުމުން ގޯލްޑް މެޑަލް ހޯދާފަ އެވެ. 11 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައި 80މ  ގޯލްޑް މެޑަލް ހޯދާފަވެ އެވެ.

މިމުބާރާތުން އާޔާ ހޯދި އެހެން ކާމިޔާބީތަކަށް ބަލާލާއިރު ދިގު ފުންމުމުން 3 ވަނަ ހޯދިއިރު އެއުމުރު ފުރާއިން އެންމެ ބެސްޓް އަންހެން އެތްލީޓްކަން ވެސް ލިބިފައިވަނީ އޭނާއަށެވެ.

މީގެ އިތުރުން 11 އަހަރުން ދަށުގެ ދިގު ފުންމުމުން  އެެއްވަނަ ހދ އޭއީސީ ސައިހާ ރަޝީދު ވަނީ ހޯދާފަ އެވެ. 13 އަހަރުން ދަށުން އަންހެން ހާޑްބޯލްއިން ސިވަރ މެޑަލެއް އެސްކޫލުގެ އައިޝަތު ނަޖުދާ ހޯދި އެވެ. ޓީމް އިވެންޓްތަކަށް ޖެހިލާއިރު 50މ ރިލޭއިން ގޯލްޑް ހޯދިއިރު 11 އަހަރުން ދަށުގެ ފިރިހެންކުދިންގެ ބައިން 80މ ރިލޭއިން ބުރޯންޒް ހޯދާފައިވެ އެވެ.

މިމަހު 1 ން 5 އަށް މާލޭގައި ކުރިއަށްދިޔަ މިމުބާރާތްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 30 ސްކޫލުން ވަނީ ބައިވެރިވެފަ އެވެ. މިމުބާރާތުން އައިޝަތު އާޔާ އަލީ ހޯދި ކާމިޔާބީތަކަށް އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރައްވާ ވަނީ މަރުހަބާ ކިޔާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355