twitterviber whatsapp telegramfacebookyoutube instagram
20th May 2025

އިހަވަންދޫ އީދު ފޯރި: ބަޑިބޭހުގެ ކުޅިވަރުތަކާއި މަލިކު މީހުންގެ ކުޅިވަރުތައް

Sep 6, 2016

މިއަހަރު ބޮޑު އީދަށް އިހަވަންދޫ އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ބޮޑު އީދު ފާހަގަކުރުމުގައި އިސްކޮށް އުޅެނީ އިހަވަންދޫ މަސްވެރިންގެ ޖަމްއިއްޔާ(އިމަގު) އެވެ.

އިހަވަންދޫގައި މިއަހަރު އޮންނަ އީދު ކުޅިވަރުތަކުގެ ތެރެއިން ގިނަ ބަޔަކު ސަމާލުކަން ހޯދާފައިވަނީ އެރަށުގައި އޮންނަ މަލިކު މީހުންގެ ކުޅިވަރުތަކަށެވެ. މިއީ އަދި ރާއްޖޭގައި މުޅިން އަލަށް ކުރާކަމެކެވެ.

” މަލިކުން އެބައިން އެމީހުން ހުށަހަޅައިދޭ އައިޓަމްތަކުގެ ލިސްޓެއް ތަރުތީބުކޮށްފަ ފޮނުވާފަ މިކޮޅަށް. މަލިކު މީހުންގެ ދަނޑި ޖެހުން އެކަންޏެއް ނޫން މަލިކު މީހުންގެ ބަނޑިޔާ ޖެހުންވެސް ލިސްޓްގައި ހިމެނޭ” އިމަގުގެ އިވެންޓް ކޯޑިނޭޓަރު ސައުދުﷲ އަހުމަދު ބުންޏެވެ.

އޭނާ ބުނީ މަލިކު މީހުންގެ އައިޓަމްތައް 3 ރޭ ވެސް ފެނިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ރަށުގެ އައިޓަމްތަކާ މާލޭއިން ގެންނަ ފަންނާނުންގެ އައިޓަމްތަކެއްވެސް ކުރިއަށްދާނެ ކަމަށެވެ.

ސައުދުﷲ ބުނީ އިމަގު އޮފީސް ނުވަތަ އިމަގު ވެށި ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ކުޅިވަރުތައް ފަށާނީ ބަޑިބޭހުގެ ކުޅިވަރުތަކަށް ފަހު ކަމަށެވެ. ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެމްއެންޑީއެފްއާ ގުޅިގެން، ބަނދަރު ސަރަހައްދުގަ އެވެ.

އެމްއެންޑިއެފުން ކުޑަކުދިންގެ ހަވީރަކާއި ވޯޓަރ ސްޕޯޓްސްގެ ހަރަކާތަކެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ސައުދުﷲ ފާހަގަކުރެއްވި އެވެ. އެގޮތުން އެއިވެންޓްތައް ކުރިއަށްދާނީ އިހަވަންދޫގެ މުވައްސަސާތަކާ ގުޅިގެންނެވެ.

އިހަވަންދޫގައި މިއަހަރު ފާހަގަ ކުރާ އީދުގައި މަލިކުގެ ސަގާފަތާއި ރާއްޖޭގެ ސަގާފަތުގެ ތެރޭގައި ހުރި އެއްގޮތްކަންތައްތަކާއި ތަފާތުތައް ފެނިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355