ވީޓީވީ އިންތިޒާމް ކުރާ ކަރޯކޭ ޗެލެންޗް ކުޅުދުއްފުށީ އޮޑިޝަން މާދަމާ ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ޕުރޮގުރާމް އަކީ ލަވަކިޔުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ވީޓީވީ އިން ހުޅުވާލައި ގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި މުބާރާތުގައި ދިވެހި ލަވައިގެ އިތުރުން ހިންދީ އަދި އިނގިރޭސި ލަވަވެސް ކިޔޭނެ އެވެ.
މާދަމާ މި އޮޑިޝަން ކުޅުދުއްފުށީގައި ކުރިއަށް ދާނީ ކުރީގެ މީޑިޔާ ސެންޓަރު ހިންގި އިމާރާތުގަ އެވެ. މިހާރުވެސް މި އޮޑިޝަންގައި 20 ފަރަތަކުން ބައިވެރި ވުމަށް ވަނީ ނަންނޯޓު ކޮށްފައެވެ. އަދި މިހާރުވެސް ވަނީ ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ނަންނޯޓު ކުރުމަށް ބޭނުންވާ ފަރާތްތަކުން 9115566 އަށް ގުޅުށްވާ ލުމުން އެކަން ހަމަ ޖެހޭނެ ކަމަށް އެފަރާތުން މައުލުމާތު ދެއެވެ.
ފައިސާގެ އިނާމް ހުށަހެޅިފައިވާ މިޕްރޮގުރާމްގައި ކުޅުދުއްފުށީގެ އިތުރުން ސަރަހައްދުގެ ރަށްރަށުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ އެވެ.