twitterviber whatsapp telegramfacebookyoutube instagram
20th May 2025

ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ލީނާޒް

Sep 7, 2016

މިދިޔަ އަހަރުގެ ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު ލީނާޒް ހޮވައިފި އެވެ. އަދި ސާނަވީ އިމްތީހާނުން ހުރިހާ ގޮތަކުން އެންމެ މޮޅު މަގާމް 3 ދަރިވަރަކަށް ލިބިފައި ވެ އެވެ.

މިދިޔަ އަހަރުގެ އެސްކޫލުގެ ސާނަވީ އިމްތިހާނުން ހުރިހާ ގޮތަކުން އެންމެ މޮޅު 3 ދަރިވަރުގެ މަގާމު ލިބުނީ އަހުމަދު ސަމީހް އާއި މުހައްމަދު މާއިދު މުހުސިން އަދި ހަނާން މުހައްމަދު ނިޒާރެވެ.

މިރޭ ޖަލާލުއްދީން ސްކޫލުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ލީނާޒް ރާއްޖެއިން ބޭރުގައި ކިޔަވަމުން ގެންދާތީ އޭނާއަށް ވަނީ ޖަލްސާގައު ބައިވެރިވެ ނުވެފައި އެވެ. ލީނާޒްގެ އިނާމާ ހަވާލުވީ އޭނާ ބައްޕަ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އެޑިއުކޭޝަން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަފީއު ވިދާޅުވީ ތައުލީމާއި ތަރުބިއްޔަތު މިއީ ދިރިއުޅުމަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށާއި ކޮންމެ ކުއްޖަކީވެސް ތަފާތު ވިސްނުން ގެންގުޅޭ ކުއްޖެއްކަމާށައި ތޫނުފިލި ކަމާއި ވިސްނުމުގައި އެކި ގޮތްގޮތަށް ކަންކުރާމީހުން ކަމަށެވެ. އެގޮތުން ވިސްނުން ތެރިކަމާއި ތޫނުފިލިކަން ހުރި ދާއިރާތަކުން ކުރިއަށް ދިއުމަށް ދަރިވަރުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެގިތުން ސަރުކާރުގެ އަމާޒަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކޮންމެ ކުއްޖަކީވެސް ކާމިޔަބު ކުއްޖެއްގޮތުގައު މުޖުތަމައުއަށް ނެރުން ކަމަށެވެ. މީގެ އިތުރުން މިރޭ އެކިވަނަތަށް ހާސިލް ކުރި ދަރިވަރުންނަށް މިނިސްޓަރ ވަނީ މަރުހަބާ ދަންނަވާފަ އެވެ.

މިރޭ ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެސްކޫލުގެ އެކި މަގާމުތަކަށް ދިޔަ ދަރިވަރުންނަށް ވަނީ އިނާމް ހަވާލުކޮށްދީފަ އެވެ. ހާއްސަ ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމް ދެއްވީ މިނިސްޓަރ އަހުމަދު ޝަފީއު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355