ކުޅުދުއްފުށީގައި މިޔަރުތަކެއްގެ އުރަހަ ތަކަކާއި އޭގެ މަސް ކަމަށް ބެލެވޭ އެއްޗެހިތަކެއް ލޮނުމަސް އަޅާފައި ހުއްޓާ ފެނިއްޖެ އެވެ.
މިޔަރު ހިފާ އޭގެ އެއްވެސް ބާވަތެއްގެ ވިޔަފާރިކުރުމަކީ ރާއްޖޭގައި މަނާ ކަމެކެވެ.
މިޔަރު ހިފާ އޭގެ އުރަހަތަކެއް އަވީލާފައި ހުރިކަމުގެ މައުލޫމާތު ލިބިގެން ކޭއޯގެ ނޫސްވެރިން އެސަރަހައްދަށް މިއަދު މެންދުރު ދިޔައިރު އަވީލާފައި ހުރި ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް ވަނީ ފެނިފަ އެވެ. އަދި ވަޅުބުރިތަކުގައި މިޔަރުމަސް ކަމަށް ބެލެވޭ އެއްޗެހިތަކެއް ވަނީ ފެނިފަ އެވެ.
ކުޅުދުއްފުށީ އުތުރުކޮޅު އެމްޑަބުލިއުއެސްސީގެ އިމާރާތެއްގެ ފަހަތުން ވަލުތެރޭގައި ހުއްޓާ އެ އެއްޗެހި ފެނިފައިވާވާއިރު އެވަގުތު އެތަނުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
މިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާކުރުމުގެ ކުރިން މިޔަރުގެ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އައީ ކުޅުދުއްފުށީގައެވެ.
މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީ އަދި ފުލުހުންގެ ބަހެއް ވެސް ވަނީ އަދި ނުލިބިފަ އެވެ.