އީދު ފުރަތަމަ ދުވަހުގެ ވަކި ވަގުތެއްގައި އެއްގަމު ވެލިކަލް ބޭނުން ނުކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އެދެފި އެވެ.
ކައުންސިލުއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އީދުގެ ފުރަތަމަ ދުވަހު އެއްގަޑިއިރަށް އެއްގަމު އުޅަނދު ބޭނުން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެދުވަހުގެ އެއްގަމު އުޅަނދު ނުދުއްވުމަށް ކައުންސިލުން އެދިފައިވަނީ މެންދުރު 10:00 އަކުން 11:00 އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް ކައުންސިލުން އިލްތިމާސްކޮށްފައިމިވަނީ ފެންކުޅި ކުޅޭ ވަގުތާ ދިމާކޮށެވެ.
މިކަމުގެ އިތުރު ތަފްސީލެއް މިއަދު ވަނީ ލިބޭގޮތް ނުވެފަ އެވެ.