މިއަހަރުގެ ވެސް ކުޅުދުއްފުށީގައި އަޟްހާ އީދު ނަމާދުކުރުން އޮންނާނީ ރަސޫލާގެ ސުންނަތާ އެގޮތަށް ހުސްބިމެއްގައި އެވެ.
މިކަމުގައި އިސްކޮށް އުޅޭ ފަރާތެއްކަމަށްވާ ހުސެއިން އަލީ ކޭއޯއަށް މައުލޫމާތު ދެއްމުން ބުނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް އަޟްހާ އީދު ނަމާދު ކުޅުދުއްފުށީގައި ކުރުމަށް ހަމަޖެހިފައިވަނީ ސްޓޭޑިއަމްގަ ކަމަށެވެ.
ހުސެއިން ބުނީ މިފަހަރުވެސް ސްޓޭޑިއަމަށް ޕިކަޕްތަކުގައި މީހުން ހިލޭ ގެންގޮސް ދިނުމަށް އޮންނާނެ ކަމަށެވެ.
އެހެން އަހަރުތަކެކޭވެސް އެފަދައިން މިއަހަރުވެސް މިކަމަށް ގިނަ ބަޔެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ހުސެއިން ބުންޏެވެ. އެގޮތުން އަމަލީ ގޮތުން މިމައްސަކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7947133 ފޯނު ނަމްބަރަށް ގުޅުންވާ އެހީތެރިކަން ވެދެއްވުމަށް އޭނާ އެދިލެއްވި އެވެ.
ނަމާދުގައި ބައިވެރިނުވެވޭ އަންހެނުންނަށް ހުތުބާ އަޑު އެހުމުގެ ފުރުސަތު ހޯދައިދިނުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެކަމުގައިވެސް ހުސެއިން މައުލޫމާތު ދެއެވެ
ފަހަރަކަށް އައިސް ކުޅުދުއްފުށިގައި އީދު ނަމާދު ކުރަމުން އަންނަނީ ސްޓޭޑިއަމްގަ އެވެ. މީގެ އިތުރުން ހުކުރު މިސްކިތުގައިވެސް އީދު ނަމާދު ކުރެ އެވެ.
ސްޓޭޑިއަމްގައި ކުރާ އީދު ނަމާދުތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ އަންހެން އަދި ފިރިހެން އަންނަނީ ބައިވެރިވަމުންނެވެ.