-ނަސްވާ ހަސަން-
ބާދުޝާހު ބޯޓު އިހަވަންދޫއަށް ކުރާ ދަތުރުގެ ފުރުން ގިނަ ބައެއްގެ އެދުމުގެ މަތިން އަވަސްކޮށްފި އެވެ.
ކުރިން މުލަ އީދު ދުވަހުގެ ހަވީރު 16:00 ގަ ކުޅުދުއްފުށިން ފުރުމަށް ހަމަޖެހިފައިވީ ނަމަވެސް މިހާރު ކުޅުދުއްފުށީ ފުރުން ހަމަޖެހިފައިވަނީ މުލަ އީދު ދުވަހުގެ 13:30 ގަ އެވެ.
ބާދުޝާހް ބޯޓް އިހަވަންދޫއަށް އަބުރާ ކުޅުދުއްފުއްޓަށް އައުން އޮތީ 13 ވަނަ ދުވަހު ހެނދުނު 7 ޖަހާއިރު އެވެ.
އެކުންފުނީގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި މިހާރު އެ ދަތުރަށް 250 ޖާގަ ވަނީ ފުލްވެފައެވެ. ބާދުޝާހު ބޯޓަކީ 280 މީހުންގެ ޖާގައިގެ ބޯޓެކެވެ.
މިއަހަރުގެ އީދުގައި އިހަވަންދޫގައި މަލިކު މީހުންގެ ދަނޑި ޖެހުމުގެ އިތުރުން ތަފާތު ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާވެ އެވެ.