ރަޝިއާގެ ޒުވާނަކު ހައްޖުވުމަށް ބައިސްކަލެއްގަ 6600 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތު ކޮށްފައި ސައޫދީ އަރަބިއާއަށް ގޮސްފި އެވެ.
ބޫލާތް ނަމަކަށް ކިޔާ 24 އަހަރުގެ މި ޒުވާނާ މަދީނާ އަށް ދިޔައިރު ގިނަ އަދަދެއްގެ ސްކައުޓުންނާއި ސެކިއުރިޓީން ވަނީ ބޫލާތް އަށް ހޫނު މަރުހަބާ އެއް ދީފައެވެ. އަދި އޭނާއަށް ގިނަ ބައެއްގެ ތައުރީފް ލިބިފައި ވެއެވެ.
މީގެ އިތުރުން ބޫލާތް ވަނީ އެސަރަހައްދުގެ ސެކިއުރިޓީ ބެލަހައްޓާ މީހުންނަށް ޝުކުރު އަދާކޮށް ތައުރީފް ކޮށްފަ އެވެ. ކޮންމެ އަހަރަކުވެސް މުސްލިމުން ހައްޖުވުމަށް ސައޫދީ އަރަބިއާއަށް ދާއިރު، މިފަދަ ތަފާތު ގޮތްގޮތަށް ދާމީހުން އުޅެއެވެ.