twitterviber whatsapp telegramfacebookyoutube instagram
16th February 2026

ހައިކޯޓް އުތުރުގެ ގޮފީގެ ޝަރީއަތްތައް ފެށުމަށް ތައްޔާރުވަނީ

Sep 11, 2016

ފަނޑިޔާރުން އައްޔަނުކުރެއްވިހާ އަވަހަކަށް ހައިކޯޓް އުތުރުގެ ގޮފީގެ ޝަރީއަތްތައް ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއުގައި އެތަނުގެ އެސިސްޓެންޓް ލީގަލް އޮފިސަލް އަލްއުސްތާޒާ މަރިޔަމް ފާޠިން ވިދާޅުވީ ހައިކޯޓްގެ އުތުރުގެ ގޮފީގެ މަސައްކަތްތައް ފެށުމަށްޓަކާ އިދާރީގޮތުން ހަމަޖައްސަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން އިމާރާތުގެ މަސައްކަތްތައް ނިންމަވައި ޝަރީއަތް ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސަވާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން އައްޔަނު ކުރައްވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ.

ހައިކޯޓްގެ ގޮފިތަކަކީ އެގޮތްޕެއް ހިމެނޭ ސަރަޙައްދުގައި ހުންނަ މެޖިސްޓްރޭޓް ކޯޓްތަކުން ނިންމަވާ މައްސަލަތައް އިސްތިއުނާފް ކުރެއްވުމަށް ގާއިމުކުރާ ގޮފިތަކެކެވެ.

ހައިކޯޓްގެ އުތުރު ގޮފީގެ އިދާރީ ކަންކަން ހަމަޖައްސަވައި މުވައްޒަފުން މަސައްކަތްތައް ނިކުންނަށް ފަށާފައިވާއިރު މިހާތަކަށް އެގޮތްޕަށް ވަނީ 70 މައްސަލަ ހުށައަޅާފައެވެ. ހައިކޯޓް އުތުރު ގޮފި ގާއިމްކުރަނީ ކުޅުދުއްފުށީގައި ހުންނަ ނޮދަން އޮފީސް އިމާރާތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355