twitterviber whatsapp telegramfacebookyoutube instagram
17th July 2025

ކައުންސިލުން ހުއްދަ ނުދިންކަމަށް ބުނެ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ކެންސަލްކޮށްފި

Sep 11, 2016

ކުޅުދުއްފުށީ ކައުންސިލުން ހުއްދަށް ނުދިން ކަމަށް ބުނެ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ކެންސަލްކޮށްފި އެވެ. އެހެންނަމަވެސް ކައުންސިލުން އެކަން ދޮގުކުރެ އެވެ.

އީދު ނަމާދު ބޮޑު ޖަމާއަތުގައި ސްޓޭޑިއަމްގައި ކުރުމަށް މަސައްކަތް ކުރި ހުސެއިން އަލީ ބުނީ “ކައުންސިލުންގެ ހުއްދަ ނުލިބުމުން ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މާދަމާ ނޯނާނެ” ކަމަށެވެ.

އެހެން ނަމަވެސް ހުއްދަ ނުދިނީ ކީއްވެކަމެއް ހުސެއިން ނުބުންޏެވެ. އަދި ހުއްދައަށް އެދުނީ ކޮންއިރަކު ކަމެއް ވެސް އޭނާ ހާމައެއް ނުކުރި އެވެ. “ކައުންސިލުން ހުއްދަށް ދީފިނަމަ މާދަމާ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ” ކަމަށް ބުނެ ސައިކަލެއްގައި ލައުޑުން ގޮވަމުން ދިޔަ ބަޔަކު ފުލުހުންވަނީ ހުއްޓުވާފަ އެެވެ.

މިކަމާ ގުޅިގެން ކައުންސިލް މެމްބަރު އަލީ ހާޝިމް މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބޮޑު ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައަކަށް އެއްވެސް ފަރާތްތަކުން އެދިފައެއް ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޮފީސްތައް ބަންދަކުރުމުގެ ކުރިން އެއްވެސް ފަރާތްތަކުން އެކަމަށް ލިޔުމުން އެދިފަވީނަމަ މީގެ ކުރީގެ އަހަރުތަކުގައިވެސް ހުއްދަ ލިބުނުގޮތް ހުއްދަ ލިބުނީސް ކަމަށެވެ.

މިކަމާ ގުޅިގެން ސްޓޭޑިއަމް ހިންގުމާ ހަވާލުވެ ހުރި ފަރާތުންވެސް ބުނީ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމާ ހަމައަށް އެއްވެސް ފަރާތްތަކުން އެކަމުގެ ހުއްދައަކަށް އެދިފައި ނުވާ ކަމަށެވެ. އެތަން އެފަދަކަމަށް ދޫކުރެވޭނީ ކައުންސިލު ނުވަތަ އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ލިޔުމުން ލިބުމުން ކަމަށް އެތަނުން ބުނެ އެވެ.

ކައުންސިލުން ބުނީ ހުކުރުކުރާ 4 މިސްކިތުގައި މާދަމާ އީދު ނަމާދުކުރުން ހަމަޖެހިފައިވާ ކަމަށެވެ. އެކަން އެގޮތަށް ހަމަޖެއްސީ ބުރާސްފަތި ދުވަހުގެ އޮފީސްތައް ބަންދުވުމާ ހަމައަށް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ ހުއްދައަކަށް އެދިފައި ނެތުމުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355