ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ދާދި ދެންމެއަކު ފެނިއްޖެ އެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ކުޅުދުއްފުށީ ބަނޑިދޫގެ، އާދަމް ގާސިމް (30އ) އެވެ.
އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ދިރިއުޅޭ ގޭގައި ލަކުޑި ހަދާފައި ހުރި ވަކި ކޮޓަރިއެއް ތެރޭގަ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
މިއަދު ހެނދުނު ވެސް އޭނާ ރަށުތެރެއަށް ނުކުމެ މީހުންނާ ވާހަކަ ދައްކައި އުޅުނެވެ.