twitterviber whatsapp telegramfacebookyoutube instagram
14th August 2026

ކުރިނބީލައިވް ބަދަލު ތަކަކާއިއެކު ރީލޯންޗް ކޮށްފި

Sep 15, 2016

ކުރިނބީލައިވް ބަދަލު ތަކަކާއިއެކު އަލުން ރީލޯންޗް ކޮށްފި އެވެ.

ކުރިނބީލައިވް އަލުން ލޯންޗުކޮށްފައި ވަނީ ކުރިނބީގައި އަޟްހާ އީދު ފާހަގަކުރުމަށް ބޭއްވުނު ޝޯއެއްގެ ތެރެއިންނެވެ.

މި ވެބްސައިޓް އަކީ ކުރިނބީގެ އިތުރުން ހދ އަތޮޅާއި ރާއްޖޭގެ ހަބަރުތަށް ކިޔުން ތެރިންނާއި ހިސާބަަށް ގެނެސްދޭ ނޫހެކެވެ. މީގެ އިތުރުން މުނިފޫހިފިލުވުމާއި ކިޔުންތެރިން ޝައުގުވެރިވާ އެކި ކަހަލަ ކުރިނބީލައިވުން މީގެ ކުރިންވެސް ވަނީ ގެނެސްދީފަ އެވެ.

ކުރިނބލައިވް ފުރަތަމަ ހިންގަންފެށީ 27 އޮކްޓޯބަރ 2012 ވަނަ އަހަރު އެވެ. އެއަށްފަހު ރަޖިސްޓްރީ ނޫހެއްގޮތުގައި ކުރިނބީލައިވް ހިންގަން ފަށާފައިވަނީ 17 ޑިސެންބަރު 2013 ގަ އެވެ.

އެއަށްފަހު ލިޔުންތެރިން ވެބްސައިޓް ކުރިއަށް ގެންދެވޭ ވަރަށްވުރެ މަދުވުމުން ވެބްސައިޓް ހުއްޓުމަކަށް

އައިސްފައިވަނީ މިދިޔަ އަހަރު މެއި 7 ވަނަ ދުވަހު އެވެ.

މިފަހަރު ކުރިނބީލައިވް ރީލޯންޗް ކުރެވުމާއި އެކު މި ޓީމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ނޫސްވެރިން ހިމެނިގެންދާނެ ކަަމަށާއި އަދި އުންމީދަކީ ރައްޔިތުންނަށް ބޭނުންތެރި މުހިންމު މައުލޫމާތުތަކެއް ކުރިނބީލައިވްގެ ޒަރިއްޔާއިން ފޯރުކޮއްދިނުން ކަމަށް ކުރިނބީލައިވްގެ ޓީމުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355