twitterviber whatsapp telegramfacebookyoutube instagram
17th July 2025

ގެއްލުމެއް ނުވާކަމަށް ބުނެ ހޮސްޕިޓަލުން ފޮނުވާލި ޒުވާނާ އޮޕަރޭޝަނަށް އިންޑިޔާއަށް

Sep 17, 2016

ބާރު ސްޕީޑްގައި ސައިކަލު ދުއްވަނިކޮށް ވެއްޓި އަނިޔާވި އަސީލް އަލީގެ ހާލު ސީރިއަސްވެ އޮޕަރޭޝަން ކުރަން މިއަދު އިންޑިޔާއަށް ފޮނުވާލައިފި އެވެ.

އަސީލްގެ މައިބަދަގެ ދެ ބަދަ ފުޑުވިފައިވާއިރު 6 ބަދައަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް އޭނާ ބެލި އައިޖީއެމްގެ ޑޮކްޓަރުންނާއި އޭޑީކޭގެ ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެ އެވެ.

18 އަހަރުގެ އަސީލަށް ފަރުވާ ދިނުމަށް މިއަދު ހަވީރު އިންޑިއާއަށް ފޮނުވާލީ އާއިލާގެ ބައެއް މެމްބަރުންނާއި ނަރުހަކާ ވެސް އެކުގަ އެވެ. އަސީލަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ ޒުވާނެކެވެ.

އާއިލާއިން ބުނި ގޮތުގައި އަސީލަށް ފަރުވާ ކުރުމުގެ އިންތިޒާމުތައް އާސަންދައިން ވަނީ ހަމަޖައްސައިފަ އެވެ.

އެކުސިޑެންޓަށް ފަހު އަސީލް ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެނައުމުން އެކްސްރޭ ނެގުމަށް ފަހު އޭނާއަށް އަނިޔާވެފައި ނުވާކަމަށް ބުނެ ގެއަށް ފޮނުވާލައިފަ އެވެ. ގެއަށް ފޮނުވާލިއިރުވެސް އޭނާއަކަށް އެއްވެސް ވަރަށް ހެލިފެލިވެއެއް ނޫޅެވެ އެވެ.

އަސީލަށް ފަރުވާކުރުމުގައި ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިހުމާލު ބޮޑުކަމަށް އާއިލާއިން ތުހުމަތު ކުރެ އެެވެ

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355