twitterviber whatsapp telegramfacebookyoutube instagram
13th April 2026

އީދު ކުޅިވަރު ކުރިއަށް ދިޔަ ވެލިގަނޑު ސަރަހައްދު ބިލީފުން ސާފުކޮށް ގިނަ އަދަދެެއްގެ ކުނި ނަގައިފި

Sep 18, 2016

މިދިޔަ ހުކުރުދުވަހު ހަވީރު ވެލިގަނޑުގައި އީދު ކުޅިވަރު ކުރިއަށް ދިޔަ ސަރަހައްދު ސާފުކޮށް 11 ޑަސްބިން ބޭގުގެ ކުނި ބިލީފުއިން ނަގައިފި އެވެ.

ބިލީފްގެ ފައުންޑާ އަފާ ކޭއޯ އަށް މައުލޫމާތު ދެމުން ބުނީ އެސަރަހައްދުން 11 ޑަސްބިން ބޭގުގެ ކުނި ނަގާފައިވާނެ ކަމަށާއި އޭގެތެރެއިން ގިނައީ ޕްލާސްޓިކް ކޮތަޅާއި، ފުޅި ކަމަށެވެ.

ބިލީފްގެ ވޮލަންޓިއަރުންގެ އިތުރުން އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ކުޑަކުދިންނާއި ބައެއް ކުޅުންތެރިން ވެސް ބައިވެރިވެ ކުޅިވަރުކުޅޭ ސަރަހައްދު އެއްކޮށް ސާފުކޮށްފައިވާނެ ކަމަށް އަފާ ބުންޏެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ކުނި އަޅާނެ އިންތިޒާމެއް ހަމަޖެހިފައި ނެތްކަންވެސް އަފާ ފާހަގަ ކުރި އެވެ.

މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ކުނިއަޅާނެ ޑަސްބިން ފަދަތަކެއް ބަހައްޓާފައި ނުހުންނަކަށް އަފާ ވަނީ ފާހަގަކޮށްފަ އެވެ.

” އެއީ މިކަހަލަ މުބާރާތެއް ބަލާލަން ކަމުގައި ވިޔަސް ނޫނީ ކަރިންބެ ރުއްގަނޑަށް ވައްލެ ނޫޑެއް ހަދާލަން ވިޔަސް ނޫނީ ފެމެލީ އަކާ އެކު ވެލިގަނޑަށް މޫދަށް ދިޔަކަމުގައި ވިޔަސް އެތަނަކަށް ކުނި އަޅާފަ މިއާދެވެނީ ” އަފާ ބުންޏެވެ.

ރަށުތެރެ ސާފުކޮށް ބޭއްވުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި އެންމެވެސް ދެކިގެން ރަށުތެރެ ސާފުކޮށް ބޭއްވުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް އަފާ ގޮވާލި އެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355