twitterviber whatsapp telegramfacebookyoutube instagram
30th March 2024

ފިނޭންސް މިނިސްޓްރީއަށް ހާޒިރު ވުމަށް އެންގި 15 މީހުންގެ ތެރޭގައި ކުޅުދުއްފުށީ މީހެއް

Sep 18, 2016

ފިނޭންސް މިނިސްޓްރީއަށް ހާޒިރުވުމަށް އެންގި 15 މީހުންގެ ތެރޭގައި ކުޅުދުއްފުށީ މީހަކު ހިމެނިއްޖެ އެެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީއަށް ހާޒިރުވުމަށް އަންގާފައިވަނީ ކުޅުދުއްފުށީ ހިޔާފިނިގޭ، އިބްރާހިމް ފަރުހޫދެވެ.

ފިނޭންސް މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވާ ފަރާތްތައް ހާޒިރުވުމަށް އެދި ވަނީ އާންމުކޮށް އިއުލާނު ވެސް ކޮށްފައެވެ. އެ އިއުލާނުގައި ބުނަނީ މިނިސްޓްރީގެ ރަސްމީ ބޭނުމަކަށްޓަކައި އެ 15 މީހުން މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް ޑިވިޒަނަށް ހާޒިރުވުމަށެވެ.

މިފަރާތްތައް ހާޒިރު ކުރަނީ ކޮން ބޭނުމެއްގައި ކަމެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން މިނިސްޓްރީއަށް ހާޒިރުވުމާސް އަންގާފައިވަނީ ހ.ރިޔާޒް، މުޙައްމަދު ފަޒީލް އާއި ހ. ބައިކެނޑިގެ އާގޭ، ޢަބްދުﷲ ގާނޫނީ ވަކީލު ޢަބްދުﷲ ޙަސީން އާއި ހ. އަގި، އިސްމާއީލް ޒާހިރާއި މ. މުއިރި، ހުސެއިން ރަޝީދު ޔޫސުފާއި ހ. ކްރޯމާ، ޢަދުނާން ހުސައިން އާއި ގ. ސަމަންގިރި، މުޙައްމަދު ސަލީމާއި މ. ހިރިގާ، މަޙްމޫދު ސޯލިޙު އާއި ވ. ބުރެވި، ފާޠިމަތު ސީމާ އާއި ގދ. ފިޔޯރީ، އަސަރީގޭ، އަޙުމަދު ދީދީ އާއި ހ. ކުއީން އަޙުމަދު ވަޙީދާއި ހ. ސިއްކަގޭ، ޔޫސުފު ނަސީރާއި ގ. ރިހިޖެހިކޮށި، ޢަލީ މުޙައްމަދާއ ހ. ފަތިސް ވިލާ، މުޙައްމަދު މާހިރެވެ.

މި 15 މީހުން ހާޒިރުވާން އެންގި އިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯންތަކާއި ގުޅިގެން ބައެއް ބޭފުޅުން ލޯންތަކާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ ފައިސާ ދައްކަމުން ނުދާ ފަރާތްތަަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355