twitterviber whatsapp telegramfacebookyoutube instagram
17th July 2025

ސަގީފް ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި

Sep 19, 2016

ހދ އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ޝަގީފް ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަގީފް އިސްތިއުފާ ދެއްވުމުން ހދ އަތޮޅު ކައުންސިލުގެ ވައިކަރަދޫ ދާއިރާގެ 2 ގޮނޑި ވަނީ ހުސްވެފަ އެވެ. މީގެ ކުރިން އެދާއިރާ ފުރުއްވަމުން ގެންދެވި އަބުދުލް މުހައިމިނު ވެސް މީގެ ކުރިން ވަނީ އެމަގާމު ވަކިވެފަ އެވެ.

ކޭއޯ އަށް ދެއްވި އިންޓަވިއުގެ ސަގީފް ވިދާޅުވީ ކައުންސިލްކަމުން އިސްތިއުފާ ދެއްވީ އަމިއްލަ ދިރިއުޅުމުގައި ހުރި މަޖުބޫރީ ކަންކަމާއި ހދ އަތޮޅަށް އަންނަން ބުނާ “އަންނަމަސް” މިވީހާތަނަށް އައިސްފައިނުވާތީ ކަމަށެވެ.

” އަޅުގަނޑުގެ ދުއާއަކީ ހދ. އަތޮޅަށް މިމަހަށްވުރެ “ފަހި އަންނަ މަހެއް” ދައްކަވާ، އަންބިދަރިން ކައިރީ ތިބެގެން ވަޒީފާ އަދާކުރެވޭނޭ ދުވަހެއް އަތޮޅު ރައްޔިތުންނަށް މިންވަރު ކުރެއްވުމެވެ “.

އެނގިފައިވާ ގޮތުގައި ސަގީފް މިހާރު މަސައްކަތް ކުރަވަމުން ރިސޯޓް ދާއިރާގަ އެވެ. ކައުންސިލަރުކަމުގެ މަގާމަށް އައުމުގެ ކުރިންވެސް ސަގީފް ވަޒީފާއަދާކުރައްވާފައިވަނީ އެދާއިރާގަ އެވެ.

ކައުންސިލުގެ ރައީސް ކަމުގެ މަގާމު ފުރުއްވި ހަނިމާދޫ ދާއިރާގެ މެމްބަރު އާދަމް ނާސިރުވެސް ވަނީ މީގެ ކުރިން ކައުންސިލަރުގެ މަގާމު އިސްތިއުފާ ދެއްވާފަ އެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ހައުސިންގ މިނިސްޓްރީގެ ކޯޑިނޭޓަރުކަމުގެ މަގާމެވެ.

10 މެމްބަރުން ތިއްބަވާ ހދ އަތޮޅު ކައުންސިލްގައި މިހާރު ތިއްބަވަނީ 7 މެމްބަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355