twitterviber whatsapp telegramfacebookyoutube instagram
13th September 2025

ފައިސާ ހަވާލުކުރުމަށް ސިވިލް ކޯޓުގެ އާ އުސޫލެއް ކަނޑައަޅައިފި

Sep 20, 2016

ސިވިލް ކޯޓުގެ އާ އުސޫލުގެ ދަށުން ކޯޓަށް ހަވާލުކުރާ ފައިސާ ކޯޓުން އިސްވެ އަރަނިވެރިންނަށް ހަވާލު ކުރުމަށް ވަނީ ކަނޑައަޅާފައި އެވެ.

ސިވިލް ކޯޓުން މިއަދުން ފެށިގެން އެ އުސޫލަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.

އަދި އެ އުސޫލުގައި ހަ ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ހުކުމެއްގެ ދަށުން ކޯޓަށް ދައްކާ ފައިސާއެއް ކޯޓަށް ބަލައިގަތުމަށްފަހު އަރަނިވެރިންނާއި އެ ފައިސާ ހަވާލުކުރުމުގެ މަސައްކަތް ކޯޓުން އިސްވެ ކުރަންޖެހޭނެ ކަމަށް އުސޫލުގައި ވެއެވެ.

ހުކުމެއްގެ ދަށުން ކޯޓަށް ބަލައިގަންފައިވާ ފައިސާ އަރަނިވެރިޔާއާއި ކޯޓުން އިސްވެ ހަވާލުކުރުމުގެ ކުރިން އެ ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ޝަރީއަތުގެ ފަރާތުން އެއްވެސް އެންގުމެއް އަންގާފައި ނުވާކަން އިދާރީ ގޮތުން ބަލައި ޔަގީން ކުރަންޖެހޭނެ އެވެ.

އަދި އެހެންމެ އަރަނިވެރިޔާއާއި ކޯޓުން އިސްވެ ފައިސާ ހަވާލުކުރާއިރު އަރަނިވެރިޔާއާއި ބެހޭ މައުލޫމާތާއި ފައިސާ ޖަމާކުރަން ޖެހޭ އެކައުންޓް ނަންބަރު އަރަނިވެރިޔާގެ ކިބައިން ހޯދައި އެ ލިތުންތައް ފައިލްކޮށް ކޯޓުން ބަލަހައްޓަންޖެހޭނެ އެވެ.

އުސޫލުގައިވާ ގޮތުގައި އަރަނިވެރިޔާއާބެހޭ މައުލޫމާތާއި ފައިސާ ޖަމާކުރަން ޖެހޭ އެކައުންޓް އަރަނިވެރިޔާގެ ކިބައިން ފުރަތަމަ ފަހަރަށް ކޯޓުން ހޯދުމަށްފަހު ދެން އަލުން އެ މައުލޫމާތު އަރަނިވެރިޔާ ހުށަހަޅަން ނުޖެހޭ ގޮތަށް ކޯޓުން އެ އިންތިޒާމް ހަމަޖައްސައި ބަލަހައްޓަންޖެހޭނެ އެވެ.

މީގެއިތުރުން އަރަނިވެރިޔާ މަރުވެއްޖެކަން ނުވަތަ ކުންފުނީގެ ނަން ބަދަލުވެއްޖެކަން އެއްވެސް ފަރާތަކުން ކޯޓަށް އަންގައިފިނަމަ ނުވަތަ އެ ނޫން ގޮތަކަށް ވިޔަސް އެ މައުލޫމާތު ކޯޓަށް ލިބިއްޖެނަމަ އެ ހިސާބުން ފެށިގެން ކޯޓުން އިސްވެ އެ ފައިސާ ޖަމާކުރާކުރުން ނިންމުމަކަށް ގެންނަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ.

އުސޫލުގައި ބުނެފައިވަނީ އަރަނިވެރިޔާ މަރުވުމުން ނުވަތަ ކުންފުނީގެ ނަން ބަދަލުވުމުން ކޯޓުން އިސްވެ ފައިސާ ޖަމާކުރުން ނިމުމަކަށް ގެނެސްފައިވާ ފައިސާއެއް ކޯޓުން އިސްވެ ހަވާލުކުރާ އުސޫލުގެ ދަށުން އެ ފައިސާ ހަވާލުކުރަން ދެން ފެށޭނީ އެ ފައިސާ ލިބެންޖެހޭ ފަރާތެއް އެނގޭނެ ޝަރުއީ ނުވަތަ ގާނޫނީ ލިޔުމެއްގެ މައްޗަށް އޮވެގެން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355