twitterviber whatsapp telegramfacebookyoutube instagram
13th September 2025

މަންމަގެ ރުހުމާއެކު އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ބޮޑުބޭބޭ 17 އަހަރަށް ޖަލަށް

Sep 20, 2016

މަންމަގެ ރުހުމާއެކު އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ބޮޑުބޭބޭ 17 އަހަރަށް ޖަލަށް ލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް 17 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. މިމައްސަލާގައި ހުކުމް ކޮށްފައިވަނީ ޖިންސީ ޝިކާރައަކަށްވި 16 އަހަރުގެ އަންހެން ކުއްޖާގެ މަންމަ ފަރާތު ދުރު ބޮޑުބޭބޭއަކަށެވެ. އެއީ ހ. ގޯލްޑަންޝަވަރ މަހްމޫދު ހުސެއިން (51އ) އެވެ.

މަޙްމޫދު ހުސައިންގެ މައްޗަށް އިތުރުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސްމަތިން ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި ދައުވާ ބެލުމަށްފަހު ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ދައުލަތުން މަހްމޫދު ހުސައިންގެ މައްޗަށް ކޮށްފައިވާ ދައުވާގައި މަހްމޫދު ހުސައިންގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސާ އަމަލެއް ހިންގުމުގެ ކުށުގެން މަހްމޫދު ހުސައިން ކުށްވެރިވާކަމަށް ކަނޑައަޅާކަމަށެވެ.

އަދި މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެޤާނޫނުގެ (ށ) ގެ ދަށުން މަހުމޫދު ހުސައިން 17 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާކަމަށް ޤަޟިއްޔާގައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355