އަންނަ އޮކްޓޯބަރު މަހު 7 އަދި 8 ގައި ތިލަދެކުނު ސިނަމާގައި ޖާދޫ ޝޯތަކެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ދަ ލީޑިން ސްޓެޕް އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަ މި ޝޯ ހުށައަޅައިދޭނީ ގިނިސް ވޯރލްޑް ރިކޯޑުގައި ހިމެނޭ ސްރީލަންކާގެ ޖާދޫގަރު އެމިލް އިރަންގާ އެވެ. އެމިލްއާއި އެކު ފިލްމީތަރި ރިޝްފާވެސް މި ޝޯގައި ބައިވެރިވާނެ އެވެ.
އަންނަ އޮކްޓޯބަރ މަހު 7 އަދި 8 ގައި ކޮންމެ ދުވަހަކު 3 ޝޯ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޝޯ އޮންނާނީ މެންދުރުފަހު 2:00، ހަވީރު 4:30 އަދި ރޭނގަޑު 9:00 ގަ އެވެ.
ޝޯގެ ޓިކެޓްގެ އަގަކީ 50 ރުފިޔާއެވެ.
މީގެ އިތުރުން ޖާދޫގެ ހުނަރުތައް ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށް ޖާދޫ ދަސްކޮށްދިނުމުގެ ކްލާސްތަކެއްގެ ވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޖާދޫ ދަސްކޮށްދޭ ކްލާހުގެ ފީއަކީ 150 ރުފިޔާ އެވެ.
ޝޯގެ ޓިކެޓް ލިބެން ހުންނާނީ ދަ ލީޑިން ސްޓެޕް އިންޓަނޭޝަނަލް ސްކޫލުގެ އިތުރުން ކޮސްމިކް ޕްރިންޓްސް އިން ނެވެ.
އެމިލް އަކީ މިދިޔަ އަހަރު ޖަލާލުއްދީން ސްކޫލުން އިންތިޒާމްކުރި ޖަލާލީ ކާނިވަލްގައި ޖާދޫގެ ޝޯ ހުށައަޅައިދިން ޖަދޫގަރެވެ.