twitterviber whatsapp telegramfacebookyoutube instagram
6th November 2025

އައިހެވަންގެ މާސްޓަރ ޕްލޭން ހެދުމަށް 10 ފަރާތަކުން ކުރިމަތިލައިފި

Sep 21, 2016

ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ސަރުކާރުން ހިންގަން ރާވާފައިވާ އައިހެވަން މަޝްރޫއުގެ މާސްޓަރ ޕްލޭން ހެދުމަށް 10 ފަރާތަކުން ކުރިމަތި ލައިފި އެވެ.

އައިހަވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަ ޕްލޭން ހަދާނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް މިދިޔަ މަހު ވަނީ ހުޅުވާލާފައި ވާއިރު މާސްޓަ ޕްލޭން ހަދަން ހަވާލުކުރާ ކުންފުންޏަށް އެކަން ކުރަން ތިން މަސްދުވަސް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިދިޔަ މަހުގެ 24 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހަޅަން ދިން މުއްދަތުގައި 10 ފަރާތަކުން ކުރިމަތިލި ލާފައިވާއިރު އޭގެ ތެރޭގައި ގިނައިން ހިމެނެނީ ރާއްޖޭން ބޭރުގެ ކުންފުނިތައް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި ވަގުތު ކުރިއަށްދަނީ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އައިހަވަން އަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ވަސީލަތްތައް ހިމެނޭ މަޝްރޫއެކެވެ. އެ ގޮތުން، އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ތަރައްގީކުރަން ވަނީ ނިންމާފަ އެވެ.

އައިހަވަން މަޝްރޫއުގެ ދަށުން ބިން ހިއްކަން އަންނަ ޑިސެމްބަރު މަހު ފަށާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355