twitterviber whatsapp telegramfacebookyoutube instagram
27th July 2026

ރީނދުލުން ކެންސަރަށް ފަރުވާ ލިބޭ ކަން ސައިންސްވެރިން ހޯދުމަކުން ދައްކައިފި

Sep 22, 2016

ކެންސަރަކީ މިހާރު ދުނިޔޭގައި އާންމު އެހާމެ ނުރައްކާތެރި ބައްޔެކެވެ. އަދި ފަރުވާ ހޯދުމަށް ވެސް އުނދަގޫ ބައްޔެކެވެ.

ސައިންސްވެރިންގެ ހޯދުމަކުން އެނގިގެންދާ ގޮތުގައި ރީނދުލުން ކެންސަރަށް މަގުފަހިކޮށްދޭ ސެލްސްތަށް ކެންސަރަށް ވުމަށް ހުއްޓުވައިދެ އެވެ. އެގޮތުން ބަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އުރަމަތީގެ ކެންސަރު އަދި ހަމުގެ ކެންސަރު ހިމެނެ އެވެ.

ރީނދޫ އަކީ އާންމުކޮށް ކައްކަން ބޭނުން ކުރާ އެއްޗަކަށް ވިޔަސް ރީނދުލަކީ ގިނަ ބަލިތަކެއްގެ ފަރުވާ އެވެ. އެގޮތުން ރީނދުލަކީ ތަންތަނުގައި ރިއްސާނަމަ ތަދުކެޑުވުމަށްވެސް ބޭނުން ކުރެވޭ އެއްޗެކެވެ. އެކި ކެމިކަލްސް އެއްކޮށްފަ ހުންނަ ބޭސް ތަކުގެ ބަދަލުގައި ރީނދޫ ބޭނުން ކޮށްލާށެވެ.

ކިރު ތައްޓަކަށް ރީނދޫ ސަމްސަލެއް އެއްކޮށް ލުމަށްފަހު ބޯލުމުން ލިބޭ ފައިދާތައް ވެސް ގިނަގުނަ އެވެ. ނުވަތަ ސިއްހަތަށް ފައިދާހުރި ސައެއް ތައްޔާރު ކޮށްލުމަށް ވެސް ރީނދޫ ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ޖޯޑެއްގެ ހޫނު ފެނަށް ރީނދޫ ސަމްސަލެއް އަޅާށެވެ. އަދި ރަހަ ރަނގަޅު ކޮށްލުމަށް މާމުއިތް ނުވަތަ ލުނބޯ ހުތް ކޮޅެއް އަޅާލެވި ދާނެ އެެވެ.

މީގެ އިތުރުން ރީނދުލަކީ މޫނުގެ ކުލައަލި ކޮށްދިނުމަށާއި ބަރުދަން ލުއި ކޮށްދިނުމަށް ވެސް އެހީވެދޭ އެއްޗެކެވެ.

ރީނދުލަކީ އިގުރުގެ އާއިލާ އަށް ނިސްބަތްވާ އެއްޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355