twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބޭނުމަކީ ކުޅުދުއްފުށީގައި މަތީ ތައުލީމުގެ ވާދަވެރިކަން އުފައްދާ އޭގެ ފައިދާ ދަރިވަރުންނަށް ކުރުން: އަލީ

Sep 22, 2016

ވިލާ ކޮލެޖުގެ ކިޔެވުން ކުޅުދުއްފުށީގައި ފެށުމާއި އެކު ޔުނިވާސިޓީ ލެވެލްގައި ވާދަވެރިން އިންގިލާބެއް އަންނާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަލީ މުހައްމަދު މިހެން ވިދާޅުވީ އެދުރުހިޔާގައި ވިލާ ކޮލެޖްގެ ކެމްޕަހެއް ގާއިމްކުރުމަށް ކުޅުދުއްފުށީ ކައުންސިލާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށް މިއަދު އެކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މި އާއިންގިލާބުގެ ތެރެއިން ޔުނިވާސިޓީ ލެވެލްގަ ވާދަވެރިކަން އުފެދި ދަރިވަރުންނަށް އޭގެ އެންމެ އެކަށީގެންވާ ނަތީޖާ ހާސިލް ކުރެވުމުގަ ކާމިޔާބުތަކެއް ކުރިއެރުން ތަކެއް ލިބިގެން ދާނެ ކަމަށާއި އެދުރުހިޔާގެ ބީލަން ވިލާއިން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ބީލަމެއްގެ ތެރެއިން ކަމަށެވެ.

” ކޮލެޖްގެ ނުވަތަ ޔުނިވާސިޓީ ލެވެލްގަ ވާދަވެރިކަން އުފެދި ދަރިވަރުންނަށް އޭގެ އެންމެ އެކަށީގެންވާ ނަތީޖާ ހާސިލް ކުރެވުމުގަ ކާމިޔާބުތަކެއް ކުރިއެރުން ތަކެއް ލިބިގެން ދާނެ. އެގިވަޑައި ގަންނަވާނެ ތިން ހަތަރު ކޮލެޖްއަކުން މިހާރުވެސް ކުޅުދުއްފުށީގައި އެބަ ކިޔެވުން ކުރިއަށް ގެންދަވާ ” ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރުވެސް ކުޅުދުއްފުށީގައި 4 ވަރަކަށް ކޮލެޖަކުން ތައުލީމް ފޯރުކޮށް ދެމުން ދާކަމަށާއި އެހެންކަމުން ވިލާކޮލެޖުގެ ކިޔެވުން ފެށުމާއިއެކު އުންމީދު ކުރަނީ ކުރިއަށްއޮތް ތަކުގައި ކުޅުދުއްފުށީގެ ދަރިވަރުނާއި އަދި މި ސަރަހައްދާއި އަދި ރާއްޖޭގެ އެކިހިސާބު ދަރިވަރުނަނަށް ކުޅުދުއްފުއްޓަށް އައިސް އިތުރަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެން ދިއުން ކަަމަށެވެ.

” އުންމީދުކުރަނީ އަޅުގަނޑުމެންނަށް ވާދަވެރި ތައުލީމީ ނިޒާމެއް މިކޮޅުގަ ގާއިމް ކުރެވި ކުޅުދުއްފުށީގެ ދަރިވަރުނާއި އަދި މި ސަރަހައްދާއި އަދި ރާއްޖޭގެ އެކި ހިސާބު ދަރިވަރުނަނަށް މިކޮޅަށް އައިސް މި ކަންކަމުގެ ތެރޭގައި އިތުރަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ކުޅުދުއްފުށިން އެ ފަހިވެގެން ދިއުން.” ރައީސް ވިދާޅުވި އެވެ.

އެދުރު ހިޔާ ނުވަތަ ކުރީގެ އަމީރު އަމީން ސްކޫލު ހިންގި އިމާރާތުގައި މަތީ ތައުލީމް ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތުގެ ބިޑް ކާމިޔާބުކޮށްފައިވަނީ ވިލާ ކޮލެޖުންނެވެ. އެއިމާރާތް ކުއްޔަދެނީ 25 އަހަރު ދުވަހަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355