މިދިޔަ އަހަރު އަފީފުއްދީން ސްކޫލްގެ ހުރިހާ ގޮތަކުންވެސް އެންމެ މޮޅުދަރިވަރަކަށް އިބްރާހިމް އަބްދުއްސައްތާރު ހޮވިއްޖެ އެވެ.
މީގެ އިތުރުން އިބުރާހިމް ވަނީ ނޭޝަނަލް ޓޮޕްޓެންގެ 4 ވަނާ ގައިވެސް ހިމެނިފަ އެެވެ .
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިބުރާހިމް ހޮވިފައިވަނީ ކިޔެވުމަށާއި އިތުރު ހަރަކާތްކުގެ އިތުރުން ގްރޭޑް 10 ގައި އެންމެ މަތީ މާކްސް ހޯދުމުންނެވެ.
މިރޭ އަފީފުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިލާ އިންޓްނޭޝަނަލް ހައި ސްކޫލް ޕްރިންސިޕަލް އަލްފާޟިލް ސައީދު އަހުމަދެވެ.
އިބޫ މިރޭ އިނާމާ ހަވާލުވަނީ–
ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ސައީދު ދެއްކެވި ވާހަކާގައި ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ރޭވުންތެރިކަމަކައި މަގުސަދެއް އޮވެގެން ކަމަށެވެ. އެގޮތުން ކިޔެވުމުގައި ދަރިވަރުންވެސް ހަސިލްކުރުމަށް ބޭއްނުންވާ ލަނޑުދަޑުތަކެއް އޮންނަން ވާނެ ކަމަށާއި ކާމިޔާބު ވާނީ ބޭނުންވާ އަމާޒަށް މަސައްކަތް ކުރުމުން ކަމަށެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ގަވައިދުން ކްލާހަށް ހާޒިރުވެ އެދުވަހަކު ދެއްވާ ފިލާވަޅުތަށް ދުވަހުން ދުވަހަށް ދަސްކުރުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމަށާއި ހާއްސަކޮށް މުދައްރިސް ނަގާދެއްވާ ފިލާވަޅުންތައް ކަނުލާއަޑު އެހުމުގެ ހުނަރު ކޮންމެ ކުއްޖަކުވެސް އަށަގަންނަވަން ވާނެކަމަށް ސައީދު ވިދާޅުވި އެވެ.
އެންމެ މޮޅުދަރިވަރުގެ މަގާމު ހޯދި އިބުރާހިމް–
ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކަކީ ވެސް މުހިއްމު ކަމެއްކަމަށް ސައީދު ވިދާޅުވި އެވެ. ކުއްޖާއަށް ޒިންމާ ނެގުމަށް ދަސްވަނީ އިތުރު ހަރަކާތްތަކުގެ ތެރެއިން ކަމަށާއި ތަރުބިއްޔަތާ ތަމްރީން ދަރިވަރުންގެ ކިބައި އަށަަގަންނާނީ ސްކޫލުގައި ގެންދެވޭ އިތުރު ހަރަކާތްތަކުން ކަމަށް ސައީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ގިނަ މުވައްސަސާތަކަކުން ބައިވެރިމި މިހަފްލާގައި ހާއްސަ ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު ސައީދު އަހުމަދެވެ.
ގްރޭޑް 7 ،8 ގެ ދަރިވަރުންގެ އިނާމުތަށް ހަވަލުކޮށްދެއްވީ ދިވެހި ރައްޖޭގެ ގައުމީ ޔުނިވާރސިޓީގެ ކުޅުދުއްފުސީ ކްމްޕަސްގެ އެސޯސިއޭޓް ލެކްޗަރާ އަލްފާޟިލާ ފާތިމަތު މުހައްމުދ، އަދި ކުޅުދުއްފުށި ކައުންސިލް ގެ ރައީސް އަލީ މުހައްމަދު ގެ އިތުރުން ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް މެެވެ.
އިބުރާހިމް އަބުދުއް ސައްތާރު އިނާމާ ހަވާލުވަނީ–
ގްރޭޑް 8، 9، 10 ގެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ހދ އަތޮޅު ކޮމާންޑަރ ޕޮލިސްޗީފް ސްޓޭޝަން އިންފެކްޓަރ އަލްފާޟިލް އަހުމަދު ނަސީމް އަދި ދިރާގު ކުޅުދުއްފުށި އޮޕްރޭޝަން ސެންޓަރގެ މެނޭޖަރ އަލްފާޟިލް މުހައްމަދު ހަސަނެވެ.
2015 ވަަނަ އަހަރު އަފީފުއްދީން ސްކޫލުގައި ޖުމަލް 531 ދަރިވަރުން ވަނީ ތައުލީމް ހާސިލް ކޮށްފަ އެވެ.