twitterviber whatsapp telegramfacebookyoutube instagram
20th May 2025

ފަޒީލް ރެޑްބުލް ކެޗް ދަ ފެރީ 2016 ކާމިޔާބު ކޮށްފި

Sep 24, 2016

އިއްޔެ ހުޅުމާލެ ސެންޓަރަލް ޕާކުގައި ބޭއްވި ރެޑްބުލް ކެޗް ދަ ފެރީ 2016 ކާމިޔާބު ކޮށްފައިވަނީ އެމްއެންޑީއެފްގެ މެރިން ކޯރޕްސް ހުސެއިން ފަޒީލް އެވެ.

އިއްޔެ ހެނދުނު ހުޅުމާލެ، މާލެ އަދި ވިލިމާލޭގައި ކުރިއަށް ގެންދިޔަ މި ރޭހުގެ އެއް ވަނަ މަގާމާއި އެކު ފަޒީލަށް 10،000ރ ގެ އިނާމް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން އަންނަ އަހަރުގެ މޭ މަހު ދުބާއީގައި ބާއްވާ ވިންގްސް ފޮ ލައިފް ވޯލްޑް ރަންގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ފަޒީލްއަށް ވަނީ ލިބިފައެވެ.

ގައުމީ އެތުލެޓިކްސް ސްކޮޑުގައި ހިމެނޭ ފަޒީލް ބުނެފައި ވަނީ އަނިޔާ ވެފައި ވުމުގެ ސަބަބުން މި ފަހަރުގެ ރޭހަށް އެހާ ބޮޑަށް ތައްޔާރެއްވުނު ކަމަށާއި ފަރުވާއަށް ފަހު ދުވަން ނުކުތީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ. އެކަމަކު ގައުމީ ޓީމުގައި ހިމެނޭތީ މުޅި އަހަރު ތެރޭގައި ތަމްރީން ހަދަން. މިއީ އުނދަގޫ “ވާދަވެރި އަދި ވަރަށް ޗެލެންޖިން ރޭހެއް” ކަމަށް ފަޒީލް ބުންޏެވެ.

ދެ ވަނަ ހޯދައިފާ ވަނީ ފަޒީލްއާ އެކު އެމްއެންޑީއެފްގައި މަސައްކަތްކުރާ މަޝްހޫރު ދުވުންތެރިޔާ ޝިފާޒް މުހައްމަދެވެ. ތިން ވަނަ ހޯދައިފާ ވަނީ ޕޮލިހުގައި މަސައްކަތްކުރާ ޒައިދު ޝަރީފެވެ. އެމްއެންޑީއެފްގެ އަލީ ރިޒާ ހަތަރު ވަނަ ހޯދިއިރު ފަސް ވަނަ އަށް ރޭސް ނިންމީ ހަސަން ފައިހަތެވެ.

ވާދަވެރި މި ދުވުމުން ގަދަ 10 އެއްގެ ތެރޭގައި އުމުރުން 16 އަހަރުގެ ދުވުންތެރިއެއް ކަމަށްވާ ރަވާހު މުހައްމަދު ވަނީ ހިމެނިފަ އެވެ. ސީނިއާ ބައެއް ދުވުންތެރިންނަށް ވުރެ ކުރިން ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލްކުރަމުން އަންނަ ރަވާހު ވަނީ ރޭސް ނިންމާފައި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުން ރޭސް ފަށަނީ އެ ރަށް ވަށާ އެއް ބުރު އެއީ 6.29 ކިލޯމީޓަރު ފުރިހަމަކުރުމަށް ފަހު އެވެ. ދެން ފެރީގައި މާލެ އަށް ގޮސް މާލެ ވަށައި އެއް ބުރު 5.40 ކިލޯމީޓަރު ފުރިހަމަކުރެ އެވެ. އެއަށް ފަހު ދަނީ ވިލިނގިއްޔަށެވެ. އެ ރަށް ވަށައި އެއް ބުރު އެއީ 1.6 ކިލޯމީޓަރު އެވެ.

އަދި އެނބުރި ހުޅުމާލެ އަށް ގޮސް، ރޭސް ނިންމީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުން ހުޅުމާލޭ ސެންޓްރަލް ޕާކާ ދެމެދު 1.6 ކިލޯމީޓަރު ބީޗުގައި ފުރިހަމަކުރަން ޖެހުމުގެ އިތުރުން އަދި އެނބުރި ހުޅުމާލެ އަށް ގޮސް 450 މީޓަރުގެ ސްޕްރިންޓެއް ވެސް ޖަހަން ޖެހުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355