ދިއްލީގައި ”ދަ ރަސޯއީ” ނަމަކަށް ކިޔާ ވޭން ފަގީރުންނަށް ތާޒާ ކާނާ ދިނުމުގައި އަވަދިނެތި އުޅެމުން އެބަދެ އެވެ.
ކޮންމެ ގައުމަކީ ވެސް ފަގީރުން އުޅެމުންދާނެ ތަނެކެވެ. މުއްސަދިން ރޭގަނޑު ކައިފަ ބާކީ ހުންނަ ކާނާ ފަގީރުންނަށް ދެއެވެ.
ދިއްލީގައި ރިސޯޓެއް ހިންގާ މީހެއްގެ ވިސްނުން ތަފާތެވެ. އެމީހާ ބުނިގޮތުގައި ބާކީ ހުރި ކާނާ ދިނުމަށްވުރެ ފަގީރުންނަށް ތާޒާ ކާނާ ލިބުމުގެ ފުރުސަތު ތަނަވަސް ކޮށްދޭން ބޭނުންވެއެވެ. އަދި ފަގީރަކަށް އެއްޗެއް ދިނުމުން ފަގީރު ނުވާނެ ކަމަށް ހަބަރު ތަކުގައި ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
ފުރަތަމަ ފެށިއިރު މަހަކު ބަހަނީ 11،000 ކާނާ ޕެކް އެވެ. މިހާރު މަހަކަށް 30،000 ކާނާ ޕެކް ބަހަމެވެ. މިއީ މިކަމަށް ލިބުނު ކުރިއެރުމެކެވެ. ކުޑަކުދިން މަސައްކަތް ކުރާ ތަންތަނަށާއި ފަގީރު ކުދިންނަށް ހާއްސަ ޓިއުޝަން ކުލާސް ތަށް ފަދަ ތަންތަނަށް ކާނާ ޕެކް ބަހައެވެ. އަދި ތިބޭނެ ގެއެއް ނުލިބި މަގުމަތީގައި ތިބޭ މީހުންނަށް ކޮންމެ އާދިއްތަ ދުވަހަކު ކުދި ޓެންޓް ބަހައެވެ. ދިއްލީގައި ކިއުބީއޭ ރެސްޓޯރެންޓް ހިންގާ އަތުލް ކަޕޫރް ސްވޫޕް ވޫޕް އިން ހަވާލާދީ ބުނިގޮތުގައި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާއެއް ގޮތަށް ދެކިގެން އެމީހަކަށް ވެވުނު އެހީއެއް ވާންޖެހޭނެއެވެ.
ރެސްޓޯރެންޓް އިން ކައްކާ ޕެކްކޮށް ހެދުމަށްފަހު ވޭންގައި ދެގަޑީގައި ފަގީރުންނަށް ކާނާ ބަހަނީ އެވެ. އެގޮތުން އެކަމަށް އެކިތަންތަނުން ސްޕޮންސާވެސް ލިބެމުން ދެއެވެ.