twitterviber whatsapp telegramfacebookyoutube instagram
5th November 2025

ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ސަމާހަތު ހޯދައިފި

Sep 25, 2016

ކުުމުންދޫ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ސަމާހަތު އަދުނާން ހޯދައިފި އެވެ.

ރޭ ކުމުންދޫ ސްކޫލުގައި ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހާއްސަ ވަނައަށް ދިޔަ ދަރިވަރަށް އިނާމް ދެއްވީ ގައުމީ ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރަރ މުހައްމަދު އުމަރެވެ.

ޝަރަފުވެރި މެހެމާން ވަނީ އިނާމު ލިބުން ދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާއެެއް ކިޔާފަ އެވެ. އަދި ދަރިވަރުންނަށް ވަނީ ގިނަ ނަސޭހަތްތަކެއް ދީފަ އެވެ. އެގޮތުން ނަމާދު ކުރުމާއި މައިންބަފައިންނަށް ކަމޭހިތުމަށް ނަސޭހަތެރިވެފަ އެވެ.

ސަމާހަތު އިނާމާއި ހަވާލުވަނީ–

 

މުހައްމަދު އުމަރު ވިދާޅުވީ ﷲ ގެ މަގުގައި ސާބިތުވެ ހުރެ ހިތް ނިޔަތް ރަނގަޅު ކުރަންޖެހޭނެ ކަމަށާއި އެއީ ހިތް ނިޔަތް ރަނގަޅު ވެއްޖެ ނަމަ އިލްމު އުގެނުމަށް ފަސޭހަ ވާނެ ވަމަށެވެ. އަދި އިލްމު އުގެނުމުގައި ދޫ ރައްކާތެރިކޮށް ބެލުންތައް ތިރިކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދަރިވަރުންނަށް ހަނދާކޮށްދީފައިވެ އެވެ.

ކުމުންދޫ ސުކޫލްގެ ޕުރިންސިޕަލް މުހައްމަދު އާދަމް ވިދާޅުވެފައި ވަނީ ވަރުގަދަ އަޒުމަކާއި އެކު އަމިއްލައަށް މަަސައްކަތް ކޮށްފިނަމަ މަތީ ހަރުފަތަށް ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

ސަމާހަތު އިނާމާއި ހަވާލުވަނީ–

 

މިރަސްމިއްޔާތުގައި އެސްކޫލުގެ މިދިޔަ އަހަރު އެކި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާ ޓްރޮފީ ދީފައިވެ އެވެ.

މިރަސްމިއްޔާތުގައި ވަނަވަނަ ދިޔަ ފަރާތްތަކަށް އިނާމް ދެއްވީ އެރަށުގެ ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނެވެ.

ކުމުންދޫ ސްކޫލަކީ 200 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ ސްކޫލެކެވެ.

 

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355