ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ހދ އަތޮޅު މަދަރުސާ ގުޅިގެން ވައިކަރަދޫގައި ސްޓަޑީ ކޭމްޕެއް ބާއްވައިފި އެވެ.
މި ސްޓަޑީ ކޭމްޕުގައި ހދ އަތޮޅު މަދަރުސާގެ އިތުރުން ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒާއި ނޮޅިވަރަމް ސްކޫލު އަދި ގައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަސް ބައިވެރިވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާގައި ކުރިއަށްދިޔަ މިކޭމްޕާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ހިއުމަން ރައިޓްސް އޮމިޝަނުގެ ހދ އަތޮޅު މަދަރުސާ ކުލަބުގެ ރައީސް ޖަލްވާން ޖާދުﷲ ވިދާޅުވީ މިކޭމްޕްގައި މައިގަނޑު ގޮތެއްގައި ކުރިއަށްގެންގޮސްފައިވަނީ ހިޔުމަން ރައިޓްސްއާ ބެހޭ ގޮތުން ކަމަށެވެ.
ވައިކަރަދޫގައި ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕްގެ ތެރެއިން–
އެގޮތުން ހިޔުމަން ރައިޓްސްއާ ބެހޭ ތަފާތު މައުލޫމާތު ދިނުމާއި ހިޔުމަން ރައިޓްސްއަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުގެ ހަރަކާތެއް ކުރިއަށްގެންދިޔަ ކަމަށް ޖަލްވާން ވިދާޅުވި އެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މިކޭމްޕްގައި ސްކޫލަކުން 8 ބައިވެރިޔަކު ވަނީ ބައިވެރިވެފަ އެވެ.