އަމިއްލަ ނަފުސަށް ގެއްލުންދޭ މަސައްކަތް ކުރި ޒުވާނަކު ކުޅުދުއްފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އަމިއްލަށް ނަފުސަށް ގެއްލުން ދޭ މަސައްކަތް ކުރި 24 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށު ހުރިކަމަށެވެ. އެ ޒުވާނާ އަމިއްލަ ނަފުސަށް ގެއްލުން ދިނުމަށް މަސައްކަތް ކުރީ ކިހިނެތް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެމީީހާގެ ބަންދަށް ކުޅުދުއްފުށީ ކޯޓުން 3 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.