twitterviber whatsapp telegramfacebookyoutube instagram
12th June 2025

ނަރުދޫން ގެނައި މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއްވެފަ، އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ

Sep 27, 2016

ފާރެއް ތެޅުމުގެ މަސައްކަތްގައި އުޅެނި ފާރު ގައިމައްޗަށް ވެއްޓި އަނިޔާވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ނަރުދޫ މީހާއަށް ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފި އެވެ.

3 މީހަކު މި މަސައްކަތުގައި އުޅެނިކޮށް ގައިމައްޗަށް ފާރުވެއްޓުމުގެ ސަބަބުން އެކަކު ވަނީ މަރުވެފަ އެވެ. މަރުވެފައިވަނީ އިރުމަތީގޭ އަހުމަދު މުފީދު،58 އެވެ. ދެވަނަ މީހާގެ ހާލު ސީރިއަސްވެގެން ކުޅުދުއްފުއްޓަށް ގެނެސް މިހާރު ދަނީ ފަރުވާދެމުންނެވެ. 3 ވަނަ މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިނުވި ނަމަވެސް އެނާއަށްވެސް ވަނީ އެކި ވަރުގެ އަނިޔާތައް ވެފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ އެމީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެެވެ. އޮފިޝަލް ވިދާޅުވީ އެމީހާ އިތުރު ފަރުވާއަށް މާލޭ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހޮސްޕިޓަލުން ބުނީ އެމިހާއަށް މިހާރުވެސް ވޯޑްގައި ބާއްވައިގެން ފަރުވާދެމުންދާ ކަމަށާއި އޭނާގެ ބޮލަށާއި އުކުޅުވަޅަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ.

 

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com