twitterviber whatsapp telegramfacebookyoutube instagram
20th May 2025

ކަރިންބެ ރުއްގަނޑު ނަލަކޮށް, ހިތްގައިމު ތަނަކަށް ހަދަނީ

Sep 28, 2016

ރައްޔިތުންތަކެއް ނިކުމެ ކުޅުދުއްފުށީ ގިނަ ބަޔަކު މޫދަށް ގޮސް އުޅޭ “ކަރިންބެ ރުއްގަނޑުން” ކުނި ނަގައި ނަލަކޮށްލައިފި އެވެ. އެމީހުން މަސައްކަތް ކުރަމުންދަނީ އެސަރަހައްދަކީ މީހުން ހިތްހަމަ ޖައްސާލުމަށް ތިބުމަށް ފަހި ތަނަކަށް ހެދުމަށެވެ.

“ކޭއޯ”އަށް މައުލޫމާތު ދެމުން އެކަމުގަ އިސްކޮށް އުޅޭ މީހަކު ބުނިގޮތުގައި މިއީ ފަރުދީ ޒިންމާގެކަމަށް ދެކިގެން މިކަމާ ބެހޭގޮތުން ހުކުރު ދުވަހު ބޭއްވި މަޝްވަރާ ބައްދަލު ވުމަކަށްފަހު ފެށުނު ކަމެއް ކަމަށެވެ.

މިކަމަކަށް އެއްވެސް ފައިސާގެ އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށާއި ހަމަ އަމިއްލަ ޖީބުން ހަރަދު ކުރާގޮތަށް ފެށިކަމެއް ކަމަށް އެމީހާ ބުންޏެވެ. މިތަނަކީ މީހުން މޫދަށްއައިސް އޫޅެ ތަނެއްކަމުން އެމީހުންގެ މަގްސަދަކަށްވީ އެތަން ހިތްހަމަޖެހޭ މައިޒާނަކަށް ބަދަލުކުރުމެވެ

“ޒިޔާރަތްކުރާ މީހުންގެ ހިތްހަމަ ޖައްސާލުމުގެ ގޮތުންނާއި މިތަން ސާފުކޮށް ބެހެއްޓުމުގެ ބޭނުމުގައި ކުރާކަމެއް ކަމެއް. އެއްކޮށް މިތަށް ހަދާ ނިމޭއިރު މިތަނަށް ޒިޔާރަތް ކުރާ މީހުންނަށް އިށީދެ އިނދެވޭނެ ތިބެވޭނެ ގޮތަށް މިތަން ތައްޔާރު މިކުރަނީ” އެމީހާ ބުންޏެވެ.

އޭނާ ބުނީ މިތަނުގައި ކުނިއަޅާނެ ޑަސްބިން ބެހެއްޓުމަށް ހަަމަޖެހިފައިވާއިރު މިތަނުގެ ބޭނުން ހިފާ ފަރާތްތަކުން ޑަސްބިންގެ ބޭނުން ހިފުމަށް އެމީހުން އެދެ އެވެ. އެސަރަހައްދު ފެންސުޖަހައިގެން ވަކި ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ކަރިންބެ ރުއްގަނޑު ސާފުކުރަނީ–

މިކަމުގެ ފައިސާގެ ގޮތުންނާއި އަމަލީ މަސައްކަތުގައި އެހީ ވެދޭން ބޭނުންވާ ފަރާތަކުން އެފަރާތްތަކާއި ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް އެނާ މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355