ކުޅުދުއްފުށީގައި އަންހެން ކުއްޖަކު ނަހަލާލަށް ބަލިވެއިނދެ ދަރިފުޅު ބައިގެން ދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެފަދަ މައްސަލައެއް ފުލުހުން ބަލަމުންދާކަން ކޭއޯއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެންނަމަވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އިތުބާރު ހުރި ގޮތަކަށް ކޭއޯއަށް އެނގިފައިވާ ގޮތުގައި ނަހަލާލަށް ބަލިވެއިނދެ ދަރިފުޅު ބައިގެން ގޮސްފައިވަނީ 18 އަހަރު ކުއްޖެ އެވެ. އެކުއްޖާ ބަލިވެ އިނދެ ދަރިފުޅު ބައިގެން ގޮސްފައިވަނީ 2 މަހުގައި ކަމަށްވެ އެވެ.